ކިޔުމުގެ ދޭހަ

ދިވެހިން

ތިރީގައިވާ ލިޔުން ކިޔުމަށްފަހު ދީފައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮންނަ ކުޑަ ކުޑަ ޖަޒީރާ ގައުމެކެވެ. ދިވެހިރާއްޖެއަކީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ ބަޔަކު އުޅޭ ގައުމެކެވެ. ދިވެހިން ވާހަކަ ދައްކާ ބަހަކީ ދިވެހި ބަހެވެ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށާއި މީހުން ދިރިނޫޅޭ ރަށްރަށް ހުރެއެވެ. މިގޮތުން މީހުން ދިރިއުޅޭ ގާތްގަނޑަކަށް 200 ރަށް އޮވެއެވެ. ރާއްޖޭގައި އޮންނަނީ 20 އަތޮޅެވެ.

ދިވެހިންނަކީވެސް ވަރަށް ދިގު ތާރީކެއް އޮތްބައެކެވެ. ދިވެހިން ފާހަގަކުރާ ބައެއް ދުވަސްތަކުގެ ތެރޭގައި ގައުމީ ދުވަސް ހިމެނެއެވެ. ގައުމީ ދުވަސް ނިސްބަތްވަނީ މުހައްމަދު ތަކުރުފާނަށެވެ. ގައުމީ ދުވަހަަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވިކަމުގެ މައްޗަށް ފާހަގަކުރާ ދުވަހެކެވެ. ޝަހީދުންގެ ދުވަހުގެ ނަމުގައިވެސް ދިވެހިން ވަރަށް ޚާއްޞަ ދުވަހެއް ފާހަގަކުރެއެވެ. އެއީ އަލިރަސްގެފާނުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. ޕޯޗުގީޒުންނާ ހަނގުރާމަކުރަނިކޮށް އަލިރަސްގެފާނު ޝަހީދުވެގެންދިޔަ ދުވަހުގެ ހަނދާނުގައި މިދުވަސް ފާޙަގަކުރެއެވެ.

މީގެ އިތުރުންވެސް ދިވެހި ތާރީޚުގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން އެކި ދުވަސްތައް ފާހަގަކުރެއެވެ. މިގޮތަށް އަޅުގަނޑުމެން ތަފާތު ދުވަސްތައް ފާހަގަކުރަނީ އެދުވަސްތައް ހަނދާންކޮށް އިބްރަތް ހާސިލް ކުރުމަށެވެ. ދިވެހި ގައުމާމެދު މިހާރުގެ ޒުވާނުންގެ ހިތުގައި ލޯބި އުފެއްދުމަށެވެ.

  1. ދިވެހިން ވާހަކަ ދައްކާ ބަހަކީ ކޮބާ؟
  2. ރާއްޖެގައި މީހުން އުޅެނީ ކިތަށް ރަށުގައިތަ؟
  3. ގައުމީ ދުވަސް ނިސްބަތްވަނީ ކޮންބޭފުޅަކަށް؟
  4. ގައުމީ ދުވަހަކީ ކޮބާ؟
  5. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ކޮންބޭފުޅަކަށް؟
  6. ދިވެހިންގެ މާޒީގައި ހިނގާފައިވާ ކަންކަމާގުޅިގެން އެކި ނަންނަމުގައި ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ ކޮބާ؟

(ނޯޓު: މިއީ ގްރޭޑް 3 ނުވަތަ 4 ދަރިވަރުންނަށް ދެވިދާނެ ކުޑަ މަސައްކަތެކެވެ.)

މި މަސައްކަތް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ޑައުންލޯޑް އައިކަން އަށް ކްލިކް ކޮށްލައްވާ!