ކިޔުމުގެ ދޭހަ

ދިވެހިން

ތިރީގައިވާ ލިޔުން ކިޔުމަށްފަހު ދީފައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮންނަ ކުޑަ ކުޑަ ޖަޒީރާ ގައުމެކެވެ. ދިވެހިރާއްޖެއަކީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ ބަޔަކު އުޅޭ ގައުމެކެވެ. ދިވެހިން ވާހަކަ ދައްކާ ބަހަކީ ދިވެހި ބަހެވެ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށާއި މީހުން ދިރިނޫޅޭ ރަށްރަށް ހުރެއެވެ. މިގޮތުން މީހުން ދިރިއުޅޭ ގާތްގަނޑަކަށް 200 ރަށް އޮވެއެވެ. ރާއްޖޭގައި އޮންނަނީ 20 އަތޮޅެވެ.

ދިވެހިންނަކީވެސް ވަރަށް ދިގު ތާރީކެއް އޮތްބައެކެވެ. ދިވެހިން ފާހަގަކުރާ ބައެއް ދުވަސްތަކުގެ ތެރޭގައި ގައުމީ ދުވަސް ހިމެނެއެވެ. ގައުމީ ދުވަސް ނިސްބަތްވަނީ މުހައްމަދު ތަކުރުފާނަށެވެ. ގައުމީ ދުވަހަަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވިކަމުގެ މައްޗަށް ފާހަގަކުރާ ދުވަހެކެވެ. ޝަހީދުންގެ ދުވަހުގެ ނަމުގައިވެސް ދިވެހިން ވަރަށް ޚާއްޞަ ދުވަހެއް ފާހަގަކުރެއެވެ. އެއީ އަލިރަސްގެފާނުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. ޕޯޗުގީޒުންނާ ހަނގުރާމަކުރަނިކޮށް އަލިރަސްގެފާނު ޝަހީދުވެގެންދިޔަ ދުވަހުގެ ހަނދާނުގައި މިދުވަސް ފާޙަގަކުރެއެވެ.

މީގެ އިތުރުންވެސް ދިވެހި ތާރީޚުގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން އެކި ދުވަސްތައް ފާހަގަކުރެއެވެ. މިގޮތަށް އަޅުގަނޑުމެން ތަފާތު ދުވަސްތައް ފާހަގަކުރަނީ އެދުވަސްތައް ހަނދާންކޮށް އިބްރަތް ހާސިލް ކުރުމަށެވެ. ދިވެހި ގައުމާމެދު މިހާރުގެ ޒުވާނުންގެ ހިތުގައި ލޯބި އުފެއްދުމަށެވެ.

  1. ދިވެހިން ވާހަކަ ދައްކާ ބަހަކީ ކޮބާ؟
  2. ރާއްޖެގައި މީހުން އުޅެނީ ކިތަށް ރަށުގައިތަ؟
  3. ގައުމީ ދުވަސް ނިސްބަތްވަނީ ކޮންބޭފުޅަކަށް؟
  4. ގައުމީ ދުވަހަކީ ކޮބާ؟
  5. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ކޮންބޭފުޅަކަށް؟
  6. ދިވެހިންގެ މާޒީގައި ހިނގާފައިވާ ކަންކަމާގުޅިގެން އެކި ނަންނަމުގައި ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ ކޮބާ؟

(ނޯޓު: މިއީ ގްރޭޑް 3 ނުވަތަ 4 ދަރިވަރުންނަށް ދެވިދާނެ ކުޑަ މަސައްކަތެކެވެ.)

މި މަސައްކަތް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ޑައުންލޯޑް އައިކަން އަށް ކްލިކް ކޮށްލައްވާ!

ކިޔުމުގެ ދޭހަ

ދިވެހިންނަކީ މަަސައްކަތްތެރި ބައެކެވެ. 

ތިރީގައިވާ ލިޔުން ކިޔުމަށްފަހު ދީފައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

ދިވެހިންނަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި ބައެކެވެ. އޭރުވެސް އަދި މިހާރުވެސް ދިވެހިން ތަފާތު އެއްކި މަސައްކަތް ކޮށް އުޅެއެވެ. އިހު ޒަމާނުގައި ދިވެހިންނަކީ ވަރަށް މޮޅަށް ގަލު ވަޑާންކުރި ބައެކެވެ. އަދި އޮޑި ދޯނިފަހަރު ބަނުމަކީވެސް ދިވެހިންގެ ވަރަށް އާދަޔާ ޚިލާފު މަސައްކަތްތެރިކަމެއް ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން ތުނޑުކުނާ ވިޔުމަކީވެސް ދިވެހިން އިހުގައި ކޮށް އުޅުނު މަސައްކަތެކެވެ.

ދިވެހިންގެ މަސައްކަތްތެރިކަމުގައި ތައްޔާރުކުރާ ބައެއް ތަކެތި ފަތުރުވެރިންނަށް ވިއްކައި ހަދައެވެ. ޚާއްޞަގޮތެއްގައި ދިވެހިން ލިޔެލާ ޖަހައިގެން ހަދާފައި ހުންނަ ތަކެތި ބޮޑު އަގުގައި ވިއްކައެވެ.

މިއަދުވެސް ދިވެހިންނަކީ ވަރަށް މަސައްކަތްތެރި ބައެކެވެ. ކުރެހުމާއި ފެހުމާއި ޑިޒަންކުރުމުގައި މިހާރުވެސް ގިނަ ޒުވާނުން އެމީހުންގެ މަސައްކަތެރިކަން ދައްކާލައެވެ. މީގެ އިތުރުންވެސް ބޭނުންތެރި ތަފާތު މަސައްކަތްތަކެއް ދިވެހިން ކުރެއެވެ.

އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ވަރަށް ދެރަވެ ހިތާމަކުރަންޖެހޭ ކަމެއް އެބަ އޮތެވެ. ދިވެހިންގެ ގިނަ މަސައްކަތްތައް ކުރުމަށް މިއަދު ބިދޭސީން މުޅިގައުމުގައި ހަރަކާތްތެރިވަމުންދެއެވެ. ގައުމުގައި ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. ބިދޭސީން މަދު ކުރެވޭނީ ކުރިއެކޭ އެއްގޮތަށް ގިނަ ޒުވާނުން ވަޒީފާތަކަށް ގޮސްގެންނެވެ. ހުރިހައި މަސައްކަތެއް ކުރަން ބިދޭސީން ގެނައުމުގައި ބަދަލުގައި ދިވެހިން އެމަސައްކަތްތައް ކުރުމުން ބިދޭސީން ގެންނަންޖެހޭ މިންވަރު މަދު ކުރެވޭނެއެވެ.

ދިވެހިންނަކީ މަސައްކަތެރި ބައެެކެވެ. މި ލިޔުން ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ.

  1. އިހު ޒަމާނުގައި ދިވެހިން ކޮށް އުޅުނު 3 މަސައްކަތެއް ބުނެދޭށެވެ.
  2. ފަތުރުވެރިން އެންމެ ގަންނަ ހިތްވަނީ ކޮންއެއްޗެއް ހެއްޔެވެ؟
  3. މަސައްކަތްތެރިކަމުގެ ގޮތުން މިހާރުގެ ޒުވާންކުދިން ކޮށް އުޅޭ 3 ކަމެއް ބުނެދޭށެވެ.
  4. މިއަދު ދިވެހިން ދެރަވާންޖެހެ ކަމަކީ ކޮބާ؟
  5. ދިވެހިރާއްޖެއިން ބިދޭސީން މަދު ކުރެވޭނީ ކިހިނެތް؟

(ނޯޓު: މިއީ ގްރޭޑް 3 ނުވަތަ 4 ދަރިވަރުންނަށް ދެވިދާނެ ކުޑަ މަސައްކަތެކެވެ.)

މި މަސައްކަތް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ޑައުންލޯޑް އައިކަން އަށް ކްލިކް ކޮށްލައްވާ!

ނަންއިތުރު / ކަންއިތުރު

ތެމިގެން މާމަގެއަށް

ދީފައިއެވާ ކުރު ވާހަކަކޮޅު ކިޔުމަށްފަހު ވާހަކައިގައި ބޭނުންކޮށްފައިހުރި ނަންއިތުރާއި ކަންއިތުރު ވަކިކޮށްދޭށެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ޝައިލް މާމަ ގެއަށް ދަނިކޮށް ވަރަށް ބޯކޮށް ވާރޭ އޮއްސާލިއެވެ. އެންމެފަހުން މާމަގެއަށް ދާންޖެހުނީ ކުޑައެއް ނަގައިގެންނެވެ. އެއީ ވިއްސާރަ ދޫނި ކުލައިގެ ކުޑައެކެވެ. ޝައިލްއަށް އެންމެ ރީތީވެސް ވިއްސާރަދޫނި ކުޑައެވެ. މަގުމަތީގައި އޮތީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ބާރަށް ދުއްވާފައި އަންނަ ކާރުތަކުން ޝައިލްގެ ގަޔަށް ޗަކަ ފެން ބުރައެވެ. އިރުކޮޅަކުން މީހާ އެއްކޮށް ތެމި ފޯވެއްޖެއެވެ. ކުޑައިގެ ބޭނުމެއްވެސް ނެތެވެ. ޝައިލް ހުރީ ވަރަށް ދެރަވެފަ އެވެ. މާމަގެއާ ވަރަށް ކައިރިވެފައި ހުއްޓާ ބައްޕަ އާ ދިމާވިއެވެ. ބައްޕައައީ ބައްޕަގެ އެންމެ އާ ސައިކަލުގައެވެ. ޝައިލް ތެމިފައިހުރުމުން ބައްޕަ ވަރަށްގިނަ ސުވާލު ކުރިއެވެ. ކަންތައް ވީ ގޮތް ޝައިލް އޭނާގެ ބައްޕައަށް ސާފުކޮށް ކިޔާދިނެވެ. ބައްޕަވެސް ޝައިލްއާއެކު މާމަގެއަށް ވަނެވެ. އޭރު މާމަ ހުރީ މީރު ހެދިކާ ލައިގެން ސައި ހަދާފައެވެ. ވަރަށް ކުލަކުލައިގެ ހެދިކާ ހަދާފައި ހުއްޓެވެ. މާމައަކީ ވަރަށް މޮޅަށް ހެދިކާ ހަދާ މީހެކެވެ.

ނަންއިތުރުތައް:

ކަންއިތުރުތައް:

(ނޯޓު: މިއީ ގްރޭޑް 2 ނުވަތަ 3 ދަރިވަރުންނަށް ދެވިދާނެ ކުޑަ މަސައްކަތެކެވެ.)

ތެމިގެން މާމަގެއަށް

ތެމިގެން މާމަގެއަށް

ދީފައިއެވާ ޕެރެގްރާފު ކިޔުމަށްފަހު ތިރީގައިވާ ބަސްތަކުގެ އެހީގައި ހުސްތަންތަން ފުރާށެވެ.

މިއަދަކީ ___1____ ދުވަހެކެވެ. އަހަރެން މާމަ ގެއަށް ދަނިކޮށް ___2_____ އޮއްސާލިއެވެ. އެންމެފަހުން މާމަގެއަށް ދާންޖެހުނީ _____3____ނެވެ. މަގުމަތީގައި އޮތީ ފެންބޮޑުވެފައެވެ. ____4___ ކާރުތަކުން އަހަރެންގެ ގަޔަށް ފެން ބުރައެވެ. އިރުކޮޅަކުން މީހާ އެއްކޮށް ___5___ އެވެ. ކުޑައިގެ ބޭނުމެއްވެސް ނެތެވެ. އަހަރެން ހުރީ ވަރަށް ___6___ އެވެ. މާމަގެއާ ވަރަށް ___7___ ހުއްޓާ ބައްޕަ އާ ދިމާވިއެވެ. އަހަރެން ތެމިފައިހުރުމުން ބައްޕަ ___8___ ކުރިއެވެ. ކަންތައް ވީ ގޮތް އަހަރެން ބައްޕައަށް ___9___. ބައްޕަވެސް އަހަންނާއެކު މާމަގެއަށް ވަނެވެ. އޭރު މާމަ ހުރީ ___10___ ހަދާފައެވެ.

ސައި / ކިޔާދިނީމެވެ. / ކުޑަނަގައިގެން / ވިއްސާރަ / ދެރަވެފަ / ތެމިއްޖެ  / ވާރޭ / ކައިރީގައި / ސުވާލު / ބާރަށް ދުއްވާ

(ނޯޓު: މިއީ ގްރޭޑް 2 ނުވަތަ 3 ދަރިވަރުންނަށް ދެވިދާނެ ކުޑަ މަސައްކަތެކެވެ.)

ކިޔުމުގެ ދޭހަ: ދިވެހިން އާމްދަނީ ހޯދަން ކުރާ މަސައްކަތް

ކިޔުމުގެ ދޭހަ: ގްރޭޑް 3

ދިވެހިން އާމްދަނީ ހޯދަން ކުރާ މަސައްކަތް

ދިވެހިން އާމްދަނީ ހޯދުމަށް ތަފާތު މަސައްކަތް ކުރެއެވެ. އެގޮތުން ދިވެހިން ކޮށް އުޅޭ މައިގަނޑު ތިން މަސައްކަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ފަތުރުވެރިކަމަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ހޯދައިދޭ މަސައްކަތެވެ. ދިވެހިންކޮށް އުޅޭ ދޮށީގެ މަސްވެރިކަމަކީ ވަރަށް ޚާއްޞަ މަސައްކަތެކެވެ. ދާއަޅައިގެން މަސް ބޭނުމުން ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެއެވެ. ފަރުތައް ހަލާކުވެއެވެ. ކުރީ ޒަމާނުގައި ފަން ރިޔާ ދޯނީގައި މަސްވެރިކަން ކުރިޔަސް މިހާރު މަސްވެރިން ބޭނުން ކުރަނީ އިންޖީނުލީ ބޮޑެތި ދޯންޏެވެ. އިންޖީނުލީ ދޯނީގައި މާ ކަނޑުތަކަށް ނިކުމެ މަސްބޭނެއެވެ. މަސްވެރިން ބާނާ މަހުން ތަފާތު ބާވަތްތައް ހަދައިގެން ވިއްކައިގެންވެސް އާމްދަނީ ހޯދައެވެ. މީގެތެރޭގައި މަސްދަޅު، ވަޅޯމަސް ޕެކެޓު އަދި ރިހާކުރު ހިމެނެއެވެ. ރިހާކުރަކީ ދިވެހިންގެ ކެއުންތަކުގައި ވަރަށް ފާހަގަކޮށްލެވޭ ބާވަތެކެވެ.

އާމްދަނީ ހޯދުމަށް ދިވެހިން ކުރާ އަނެއް މަސައްކަތަކީ ދަނޑުވެރިކަމެވެ. ރާއްޖޭގެ ދަނޑުތަކުގައި ވަރަށް ގިނަ ބާވަތްތައް ހައްދައެވެ. ޚާއްޞަކޮށް ރަމަޟާންމަހަށް ވަރަށް ގިނަ ބާވަތްތައް ހައްދައެވެ. އެގޮތުން ފަޅޯ، ދޮންކެޔޮ، ބަށި، ކައްޓަލަ ފަދަ ގިނަ ބާވަތްތައް ހައްދައެވެ. މިތަކެތި މާލެއަށާއި ރިސޯޓުތަކަށް ވިއްކައިގެން އާމްދަނީ ހޯދައެވެ. އެގޮތުން މާލޭގެ މާރުކޭޓުގައި ހުންނަ މޭވާއާއި ތަރުކާރީގެ ތެރޭގައި ރާއްޖޭގެ ދަނޑުތަކުން ގެންނަ ބާވަތްތައް ހިމެނެއެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ ތެރެއިން ތޮއްޑޫއަކީ ކަރާ ހެއްދުމަށް މަޝްހޫރު ރަށެކެވެ. އަދި ކަނޑޫދޫއަކީ ކުޅި މިރުސް ހެއްދުމަށް މަޝްހޫރު ރަށެކެވެ.

ލިޔުން ކިޔާލުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ.

1. ދިވެހިން  އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ ކޮބާ؟

2. އެންމެ ގިނައިން ރާއްޖެއަށް ބޭރުފައިސާ ލިބޭ މަސައްކަތަކީ ކޮބާ؟

3. ދާ އަޅައިގެން މަސްވެރިކަން ކުރުމުން ލިބޭ 2 ގެއްލުމެއް ބުނެދީ.

4. މަސް ދޯނީގައި އިންޖީނު އެޅުމުން ލިބޭ ފައިދާއަކީ ކޮބާ؟

5. ދަނޑުތަކުގައި އެންމެ ގިނަ ތަކެތި ހައްދަނީ ކޮން މަހަކު ހެއްޔެވެ؟

6. ދިވެހި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ބައެއް ބާވަތްތައް ބުނެދީ!

7. ރާއްޖޭގައި ދަނޑުވެރިކަމަށް މަޝްހޫރު ދެ ރަށެއް ބުނެދީ!

މި މަސައްކަތް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާ!

މި އާދަތައް ދަސްކުރޭ

ކުޑަކުދިންގެ ކިޔާލަމާ ސީރީޒް
ވާހަކަ ލިޔެ ތައްޔާރުކުރީ އަޙްމަދު ޢަރީފް

މި އާދަތައް ދަސްކުރޭ!

އައިސްކްރީމް ދުވަސް

ކުޑަކުދިންގެ ކިޔާލަމާ ސީރީޒް
ލިޔެ ތައްޔާރުކުރީ އަޙްމަދު ޢަރީފް

އައިސްކްރީމް ދުވަސް

ހުކުރު ދުވަސް

ކުޑަކުދިންގެ ކިޔާލަމާ ސީރީޒް
ލިޔެ ތައްޔާރުކުރީ އަޙްމަދު ޢަރީފް

ހުކުރު ދުވަސް

ހާޝިމްގެ މަސްޓޭންކު

ކުޑަކުދިންގެ ކިޔާލަމާ ސީރީޒް
ލިޔެ ތައްޔާރުކުރީ އަޙްމަދު ޢަރީފް

ހާޝިމްގެ މަސްޓޭންކު

ހަފްތާގެ ހަތް ދުވަސް

ކުޑަކުދިންގެ ކިޔާލަމާ ސީރީޒް
ލިޔެ ތައްޔާރުކުރީ އަޙްމަދު ޢަރީފް

ހަފްތާގެ ހަތް ދުވަސް