ކީއްވެ؟؟


ކީއްވެ؟

އަހުމަދު އަރީފް (ފ.ނިލަންދޫ)

އަހަރެންގެ ފުރާފަދައިން އަހަރެން ލޯބިވާ އަހަރެންގެ މަލިކާއެވެ.
މިއަދު ކަލާއަށް އަހަންނާ ވާހަކަ ދެއްކުމަކީ ދަތިކަމެކެވެ.
އަހަންނަށްވެސް މިއަދު ކަލާއާ ވާހަކަދެއްކުން މިވަނީ ދަތިކަމަކަސް ވެފައެވެ.
ކަލާއެއް އަހަންނަކަށް ބޭވަފާތެރިއެެއް ނުވެއެވެ.
އަހަންނެއްވެސް ކަލާއަކަސް ބޭވަފާތެރިއެއް ނުވަމުއެވެ.
އެކަމަކު މިއަދު އަހަރެމެން ދެމީހުންނަކީ ނުދަންނަ ދެމީހުންނަށް ވެއްޖެއެވެ.
އަހަރެމެން ދަތުރުކުރަމުން އައި ރާސްތާ ދެކަފިވީ ކޮންހިސާބަކުންކަން ބުނެދޭކަށް އަހަންނަކަށްވެސް ނޭގުނެވެ.
ރެއާ ދުވާލު މިކަމާ އަހަރެންނަށް ވިސްނެއެވެ.
އަނެއްކާ މިއީ ތަގުދީރުގައި ލިޔެވިފައިވާ ގޮތްބާއެވެ؟

އަހަރެންގެ މިހުތުގެ ވިންދާއެވެ.
ކަލާޔާ ނުލާ މިދުނިޔޭގައި އަހެރެން ވޭތު ކުރާ އެންމެ ދުވަހެއްވެސް ހީވަނީ އެއް ގަރުނު ހެންނެވެ.
ކަލާޔާނުލާ ވޭތުކުރާ ކޮންމެ ސިކުންތަކު މިއަޅާގެ ހިތުގައި އެތައް ވެނެއް އަޅައެވެ. ރޮވެއެވެ.
ކަލާޔާނުލާ ފާއިތުވެގެންދާ ކޮންމެ ހަވީރަކީ އެކަނިވެރިކަމާއި ހިތްދަތިކަން އަހަންނަށް ލިބިގެންދާ ވަގުތުތަކެކެވެ.
ބައެއްފަހަރު ކަލާ އަހަރެންދެކެ ރުޅިއަންނަމުއެވެ. އަހެރެންވެސް ކަލާދެކެ ރުނިއަންނަ ގޮތަށެވެ.
އެކަކަމު އޭގެ އެއްވެސް ސަބަބެއް ބުނެދޭކަށް އަހަންނަކަށް ނޭނގެއެވެ.
މިއަދު އަހަންނަކީވެސް ކަލާފަދައިން އެކަނިވެރިއެކެވެ.
އަހެރެމެންގެ ތަގުދީރުގައި މިގޮތަށް ލިޔެވިފައިވަނީ ކީއްވެގެންހެއްޔެވެ؟

(ނިމުނީ)

4 thoughts on “ކީއްވެ؟؟

  1. ކީތްވެ؟ މީގެ ރަނގަޅު ގޮތަކީ ކީއްވެ؟ ރަނގަޅުކޮށްލަމާ ދޯ …. އޭރުން އަދި މިއަށް ވުރެ މިއާޅެން މާ ފުރިހަމަ ވާނެ

ޚިޔާލު ފާޅުކުރޭ