ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.

ވަޅުގައި ހުންނަ ކައްޓަފުޅި ދާނި ގަންބާ ގަންބާ ހުންނާނީ އެކަމަށް ސިހުން ކެނޑިފައެވެ. ބިރު މުޅިންހެން ކެނޑިފައެވެ.

މިބަސް ބޭނުންކޮށް އުޅެނީ ކުށްވެރިވެގެން އަރުވާލެވި ނުވަތަ ޖަލަށްލެވި ނުވަތަ އެފަދަ އަދަބުތައް ދެވި، އެކަމަށް ހޭނިފައި ހުންނަ މީހާ މިފަދަ ކަމެއް ކުރިމަތިވިޔަސް އެއިން ކަމަކާ މާ ބޮޑަށް ބިރެއް ނުގަންނާނެކަން ދެއްކުމުގެ ގޮތުންނެވެ. މިހެނި އޭނާ ހުންނާނީ އެކަމުގެ ބިރުކެނޑިފައެވެ.

jail