ކިޔުމުގެ ދޭހަ – ގްރޭޑް 8

ޤައުމީ އެންމެބޮޑު ފަޚުރު ޙިމާޔާތް ކުރަމާތޯ؟

1. ދިވެހިންނަކީ މީސްކޮޅު މަދަސް ބިން ކުޑަޔަސް ފަޚުރުވެރި ބައެކެވެ. އިޤްތިޞާދީ މިނިވަންކަމެއް ލިބިފައި ނެތަސް ސިޔާސީ މިނިވަންކަމެއް ލިބިފައިވާ ނަސީބުވެރި ބައެކެވެ. މިއަށްވުރެ ބޮޑު ޝަރަފަކީ ދިވެހިންނަކީ ފަޚުރުވެރި ތާރީޚަކާއި ޝަރަފުވެރި ޤައުމިއްޔަތެއް ލިބިފައިވާ އަބުރުވެރި ބަޔަކަށް ވާކަމެވެ. އަދި މިއަށްވުރެވެސް ބޮޑު ފަޚުރަކީ ދިވެހިންނަކީ އަމިއްލަ ބަހަކާއި މުސްތަޤިއްލު އަކުރެއް ލިބިފައިވާ ބަޔަކަށް ވާކަމެވެ. މިއީ ދިވެހިންނަށް ލިބިފައިވާ އެންމެބޮޑު ފަޚުރެވެ. އެންމެ މަތިވެރި ޝަރަފެވެ. އެންމެ ޝަރީޙަ މިނިވަންކަމެވެ.

ޑައުންލޯޑްކުރައްވާ