ޅެމުން ޕެރެގްރާފު ހެދުންdivorcing

ޙަޔާތުގެ ފަސާނާ

1. އަޅުގަނޑަކީ ދެރަ ނިކަމެތި މީހެއް ބާރެއް ނެތް ބަލިކަށި ވެސް މީހެއް
.             ފަޅުކަމުގައި މިލަމުންދާ މީހެއް އަޅުގަނޑަކީ ދެރަ ނިކަމެތި މީހެއް

2. ރޭތައް އެތަކެއް އަހަރާ މަސްތައް އެކަހެރިކަމުގައި އުޅުނު ދުވަސްތައް
.             ވޭތުވެ ގޮސް އެކަހެރި މި ހަޔާތަށް އަތުވެއްޖޭ ފާގަތިވި ބަހާރެއް

3. އެޒުވާނާއީ ހިތްހެޔޮ ކުއްޖެއް ދީންވެރި އަޅުވެރި ނިޔަނެތި ކުއްޖެއް
.             އެ ޒުވާނާއީ ރީތި ޒުވާނެއް ލޮބުވެތި ނާޒުކް ޖިންސުއްލަތީފެއް

4. ރޭތައް އެ ޒުވާނާޔާ އެކުގައި ހޭދަކުރީމޭ އުފަލާ އެކުގައި
.              ރޭތައް ދިޔަ މާޒީއާ އެކުގައި ކުރިމަތިނުވެ ދެހިތަށް ތޫފާނެއް

5. ބަދަލުވެ ދާހެން މޫދުގެ ދިޔަވަރު ބަދަލުވެދާހެން ކަނޑުގައި އޮއިވަރު
.              ބަދަލުވެދާ ފަދައިން ގަދަ ހިތްވަރު މި ހަޔާތަށް އަތުވެއްޖޭ ބަދަލެއް

6. މިގޮތުގަ އުފަލުގަ އުޅެމުންދަނިކޮށް ދަތިނުވެ ތަނަވަސްކަމުގައި ވަނިކޮށް
.              ދެގޮތެއްނުވެ ދިރިއުޅެމުންދަނިކޮށް ލިބުނީ ބުނެދޭން ނޭނގޭ އުފަލެއް

7. ކުއްޖަކު ލިބުމުން އަންހެން މޫރިތި ހެޔޮނިޔަތާއެކު ލޮބުވެތި ޅަރިވެތި
.              ކުއްޖެއް ފިލުވަން އަންބަށް ވާދަތި ގެނައީމޭ ދިން ޚިޔާލުން ޅިޔަނެއް

8. ގޭގައި ކޮށްލަން ހުންނަ މަސައްކަތް އަނބިމީހާޔާ އެކު ކޮށްދޭނޭ
.              ގޭގައި ގެންގުޅުމަށް ހަމަ ގެނައީ އެ ޚިޔާލުމެދިން ޅިޔަނުގެ ދަރިއެއް

9. ކޮންމެއަކަސް ކަންތައްވާނޭގޮތް އެނގެނީ ފަހެ ކާކަށްބާއެ ކުރިން
.               އޮންނަ އުސޫލެއް ހަމަޖެހި ނިމިފައި ނޫޅޭނޭ އެނގިފައިވާ މީހެއް

10. ނައިލޯނުވަލުން މަރުދަންޖެހުނަސް ނުހިނގާނަމެ ގޯސްމަގަކުން ބުންޏަސް
.               ޝައިޠާނާއަށް ހެއްލެނިވެވިގެން އަހަރެންނަށްމެ އެޅިއްޖެ ޅައެއްޗެއް

11. އަނބިމީހާއަށްވެ ޙިޔާނާތްތެރި ޅިޔަނުގެ ދަރިޔާ ހިންގުނު ގުޅުމެއް
.                އަނބިމީހާއަށް އެނގި ބޭޒާރުވެ އުފެދިއްޖޭ ވަރުގަދަ ހައިޖާނެއް

12. ކަންތައް ދިޔައީ ގޯހުން ގޯހަށް އަނބިމީހާ ދިޔައީ ރަށު ކޯޓަށް
.                އަންނަންޖެހުނީ އެކަނިވެގޯއްޗަށް ގެއަކަށްނައިއަންބެއް އަދި ދަރިއެއް

13. ވަރިކުރުމަށް އަނބިމީހާޖެހުމުން ދަރިފުޅު ވެސް އޭނާ ގެންދިޔުމުން
.               މަރިޔަބު،ކަތިވަޅި އަދި ކޮށިދަނޑުވެސް ގެއްލިވެބާކީ ލިބުނީސިހުމެއް

14. ވިސްނާނުލުމުން އަހަރެންގެ ޙަޔާތް ކުދިކުދިވި ގޮތުން ހޯދާ ޢިބުރަތް
.               ވިސްނާލުމަކީ ޅެން މިކިޔާލައި އެންމެންގެ ކިބައިން މައެދޭ އެދުމެއް

15. އަޅުގަނޑަކީ އޭރުގަ ދެރަ މީހެއް ބާރެއްނެތް ބަލިކަށިވެސް މީހެއް
.               އަޅުގަނޑަކީ މިއަދުމެ ދެރަމީހެއް އުޅެވުނު ގޮތަކުން އެކަނިވި މީހެއް

މަތީގައިއެވަނީ ސާނަވީ ގްރޭޑް 9އެއްގެ ކުލާހަކަށް އަޅުގަނޑު ގެންގޮސްފައިވާ ވަރަށް ކާމިޔާބު ފިލާވަޅެކެވެ. ޅެން ބައިތުތަކެއް ހަވާލުކޮށް ވާޙަކައެއްގެ ސިފައިގައި އެބައިތުތަކުގެ މާނަ އެކުލަވާލުމަށް ދަރިވަރުންނާ ހަވާލުކުރަނީއެވެ.

ފިލާވަޅު ތައްޔާރުކުރީ: އަޙުމަދު ޢަރީފް (އައްސޭރި، ފ.ނިލަންދޫ)