ކުޑަކުދިންގެ ވާހަކަ

އެހީވާށެވެ.chicken_and_duck

ލިޔުނީ އަޙުމަދު އަރީފް

އެއްދުވަހަކު ކުކުޅެއް ބަނޑުހައިވެގެން އޭތީގެ ކޮށިން ނިކުތެވެ. ކާއެއްޗެއް ފެނޭތޯ ހޯދަމުން ދަނިކޮށް ގޮދަން ދަނޑެއް ފެނިއްޖެއެވެ. އެކަމަކު ކުކުޅު އެކަނި ގޮދަން ކަނޑައިގެން މުގުރާން އުދަގޫވާނެތީ އެހީއެއް ވެދޭނެ އެއްޗެއް ފެނޭތޯ ބޭރަށް ނުކުތެވެ. މާދުރަށް ނުދެވެނީސް ޒިބްރާއަކާ ބައްދަލުވިއެވެ.އެވަގުތު ކުކުޅު ބުންޏެވެ.

“ކަލޯ ޒިބްރާ.. ހިނގާބަލަ މަށާއެކު ގޮދަންކޮޅެއް ކަނޑާލަން. ރޮށި ކޮޅެއް ފިހެވައި އެއިން ބައެއް ކަލޯއަށްވެސް ދޭނަން..”

އެކަމަކު އެ ޒިބްރާ ކުކުޅަށް އެހީވާކަށް ބޭނުމެއް ނުވިއެވެ. ކުކުޅު ވަރަށް ދެރަވިއެވެ. އަނެއްކާވެސް ކުކުޅު ހިނގަންފެށިއެވެ. އެހެން އެއްޗަކާ ބައްދަލުވޭތޯއެވެ. މިފަހަރުވެސް މާދުރަށް ނުދެވެނީސް މުސަޅެއް ފެނިއްޖެއެވެ. ކުކުޅު ވަރަށް އުފަލުން މުސަޅު ކައިރީ އަހާލިއެވެ.

“މުސަޅާ.. އަހަންނާއެކު ގޮދަން ކޮޅެއް ކަނޑާލަން ދެވިދާނެތަ؟”

މުސަޅު ބުންޏެވެ. “މިދަނީ ވަރަށް އަަވަހަށް ތަނަކަށް ދާންވެގެން. މިގަޑިއަކު ނުވާނެ.”

އެހެން ބުނެފައި މުސަޅުވެސް މަޑު ނުކޮށް ދިޔައީއެވެ. ކުކުޅު ވަރަށް ބޮޑަށް ދެރަވިއެވެ. ކުކުލަށް އެހިވާނެ އެއްވެސް މީހަކު ނުވީމައެވެ. “ދެން މިއަދު އެކަނި ނަމަވެސް ގޮދަންކޮޅު ކަނޑާލާނީ..’ ކުކުޅު ބުނެލިއެވެ.

ގޮދަން ދަނޑާ ވަރަށް ކައިރިއަށް ދެވުނުތަނާކުކުޅަށް އަސްދޫންޏެއް ފެނިއްޖެއެވެ. މިފަހަރުވެސް ކުކުޅު އަސްދޫނި ކައިރީ އެހީއަށް އެދުނެވެ. “މައްސަލައެއް ނޯންނާނެ.. ހިނގާ ދާން..” އަސްދޫނި ބުންޏެވެ. ކުކުޅު ވަރަށް އުފަލުން ނަށަށް ފެށިއެވެ. އަދި އަސްދޫންޏާއެކު ގޮދަން ދަނޑަށް ގޮސް ގޮދަން ކަނޑައިގެން ރޮށީ ފިހަން ތައްޔާރުކޮށްފިއެވެ.

މާލަސްތަކެއް ރޮށި ފިހެ ނިމިއްޖެއެވެ. ވަރަށް މީރު ވަސް ދުވައެވެ. އަސްދޫންނާއި ކުކުޅު ރޮށި ކާންތިއްބާ އެތަނަށް އެއްކަލަ މުސަޅާއި ޒިބްރާ އައެވެ. އަދި ބުނެލިއެވެ. “އަހަރެމެންނަށްވެސް ދީބަލަ. މިތިބީ ވަރަށް ބަނޑުހައިވެފައި..”

އެވަގުތު އަސްދޫނި ވަރަށް ރުޅިއައެވެ. އަދި މުސަޅު ކައިރިއަށްގޮސް ބުނެލިއެވެ.

“ކަލޭމެން ކުކުޅަށް އެހީއެއް ނުވަމެންނު.. އެހެންވީމާ ކަލޭމެންނަކަށް ނުލިބޭނެ.”

އަސްދޫނި އެހެން ބުނުމުން މުސަޅާއި ޒިބްރާ ދެރަވެގެން އަނެއް ފަރާތަށް އެނބުރި ހިނގައިގަތެވެ. އެމަންޒަރު ފެނިފައި ކުކުޅު ވަރަށް ދެރަވިއެވެ. އަދި މުސަޅަށް ގޮވާލިއެވެ.

“އޭ މުސަޅާ.. އާދޭ.. ދެމީހުންވެސް އާދޭ. މިހިރީ ރޮށި.”

އެވަގުތު މުސަޅާއި ޒިބްރާ ވަރަށް އުފަލުން ދުވަމުން ފުންމަމުން އައެވެ. އަދި ކުކުޅު ކައުރީ ބުނެލިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ..! ތީ ހާދަ ރަނގަޅު ކުކުޅެކޭ.”

ލިޔުނީ: އަހުމަދު އަރީފް

Advertisements