ކުޑަކުދިންގެ ވާހަކަ

އަނެކުންނަށް އެހީވާށެވެ.Chloe-26

ލިޔުނީ އަޙުމަދު އަރީފް

ދުވަހަކީ ހަފްތާގެ އެންމެ ފަހު ދުވަހެވެ. ސްކޫލުން ދިން ފިލާވަޅެއް ހަދަންނޭނިގެން އަހުމަދު ހުރީ ބަންދު ކޮށްފައެވެ. އެއީ ހިސާބު ފިލާވަޅެކެވެ. އަހުމަދުމެން ކުލާހުން ހިސާބަށް އެންމެ މޮޅި ނުހާއެވެ. ނުހާއަކި ސްކޫލުގެ ޕްރިފެކެޓެކެވެ. އޭރު ނުހާވެސް ސްކޫލުގައި އޮތް ކޮންމެވެސް މުބާރާތަކަށް ފަރިތަކުރަންވެގެން ސްކޫލުގައި އުޅުނެވެ. އަހުމަދު ދެރަވެފައި އިން މަންޒަރު ފެނުމުން ނުހާ އަހުމަދު ގާތަށް ދިޔައެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. އަހުމަދު ބަންދުކޮށްފައި އިންކަން އެނގުމުން ނުހާ އަހުމަދަށް އެހީވިއެވެ. އަދި އަހުމަދަށް ނޭނގޭ ތަންތަން ކިޔައިދިނެވެ.

އޭގެ ދެދުވަސް ފަހެވެ. އަހުމަދާއި އޭނަގެ އާއިލާމެންބަރުން އުޅުނީ ރަށުގެ އުތުރުފަރާތަށް ދަތުރުގޮހެވެ. ދަތުރުގައި އަހުމަދުގެ އާއިލާގެ މެންބަރުންގެ އިތުރުން ބައެއް އެކުވެރިންވެސް ބައިވެރިވިއެވެ. ބަނދަރުމަތީގައި ކުޅިވަރު ކުޅެ އުޅެނިކޮށް އަހުމަދަށް ކުދިބަޔަކު ރޯއަޑު އިވުނެވެ. ވަގުތުން އަހުމަދު ވަށައިގެން ހޯދަން ފެށިއެވެ. މާދުރުނޫން ހިސާބަކުން އަހުމަދަށް ފެނުނީ ކުއްޖަކު ގެނބެމުންދިޔަ ތަނެވެ. ވަރަށް އަހަވަހަށް އަހުމަދު އެދިމާއަށް ދުއްވައިގަތެވެ. އެއީ ނުހާމެންނެވެ. އަހުމަދު ބަލާކަށް ނުހުރެ ބަނދަރަށް ފުންމައިލިއެވެ. އަދި ވަރަށް ބާރަށް ފަތާފައިގޮސް އެކުއްޖާ ނެގިއެވެ. އޭރު އޭނައަށްވަނީ ވަރަށް ގިނައިން ލޮނުބޮވިފައެވެ.

އަހުމަދުގެ އެހިތްހެއުކަން ފެނިފައި ނުހާ އަހުމަދަށް ޝުކުރު އަދާކުރިއެވެ. އެވަގުތު އަހުމަދުވެސް ނުހާއަށް ޝުކުރު އަދާކުރިއެވެ. އަދި ބުނެލިއެވެ.

“ނުހާވެސް އަހަންނަށް އެހީވީމެންނު. އެހެންވީމާ އަހަރެންވެސް ނުހާމެންނަށް އެހީވާންވާނެންނު”.

ނިމުނީ

Advertisements