ކުޑަކުދިންގެ ވާހަކަ

ހަސަނުގެ ހުވަފެންހަސަނުގެ ހުވަފެން

ލިޔުނީ: އަޙުމަދު ޢަރީފް

ހަސަނަކީ ވަރަސް ފަޤީރު ދަނޑުވެރިއެކެވެ. އޭނާ ދިރިއުޅެމުންއައީ އޭނާގެ އަނބިމީހާއާއެކު ކުޑަކުޑަ ޖިފުޓި ގަނޑެއްގައެވެ. އޭނައަކީ އަބަދުވެސް ކަންކަމާ ވަރަށް ގިނަފަހަރު ފިކުރު ހިންގައި ވިސްނާ ހަދާމީހެކެވެ. އެފަދަ ބައެއްފަހަރު އަމިއްލައަށް ލަނޑުލިބޭތަންވެސް އާދެއެވެ. މިކަމާ އޭނަގެ އަންހެނުން އަބަދުވެސް އެއްޗިހިކިޔާ ހަދައެވެ.

އެއްދުވަހުގެ ހެދުނު ވަގުތެވެ. ހަސަނު ދިޔައީ އޭނާ ހައްދާފައިވާ ބައެއްކަަހަލަ ތަރުކާރީ މަރުކޭޓަށް ވިއްކާށެވެ. މާރުކޭޓަށް ދިޔަމަގުމަތީ އޭނަ ވަރުބަލިވެގެން ގަހެއްގެ ހިޔަލުގައި މަޑުކުރުމަށް ނިންމިއެވެ.

މާގިނައިރެއް ނުވެ އެއްކަލަ ހަަސަނަށް ނިދިއްޖެއެވެ. އޭނައަށް ހުވަފެނުގައި ފެންނަނީ މޮޅު ސައިންސިސްޓަކަށް ވެގެން އުޅޭތަނެވެ. އަދި ބޮޑު ރޮކެޓެއް ހަދައިގެން އުޅޭ މަންޒަރެވެ. އިރުކޮޅަކުން އެހުވަފެން އެހެން ހުވަފެނަކަށް ބަދަލުވެއްޖެއެވެ. މިފަހަރު ހުވަފެނުގައި ފެންނަނީ މޮޅު ލަވަކިޔުންތެރިއަކަށްވެ ގިނަބައެއްގެ ކުރިމަތީގައި ބޮޑު ސްޓޭޖް ސޯވް އެއް ދެމުންދިޔަ މަންޒަރެވެ.

އިރުކޮޅަކުން އޭނައަށް ހުވަފެނުގައި ފެންނަނީ އަލިފާންނިވާ މީހަކަށްވެގެން އުޅޭ މަންޒަރެވެ. އޭނާ ހަރަކާތްތެރިވަމުންދިޔައީ އަލިފާން ރޯވެފައިވަ ގެއެއްގައިވާ އަލިފާންގަނޑު ނިއްވާލުމުގައެވެ.

ކުއްލިއަކަށް އަލިފާން ނިވާ މީހުންތަކުގެ ތެރެއިން މީހަކު އޭނަގެ އަތުގައި އޮތް ފެންހޮޅި ހަސަނާ ދިމާއަށް ދިއްކޮއްލިއެވެ. އަދި ހަސަނު ގަޔަށް ފެން ޖަހާލިއެވެ. ހަމައެއާއެކު ހަސަނަށް ހޭލެވިއްޖެއެވެ. އޭރު ހަސަނުގެ ކުރިމަތީގައި އޭނާގެ އަންހެނުން ބާލިދީއެއް ހިފާއްޓައިގެން ހުއްޓެވެ.

“މާރުކޭޓަށް ފޮނުވީމަ އަނެއްކާވެސް ހުވަފެން ބަލަން އޮތީ ދޯ..!” ހަސަނުގެ އަންހެނުން ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.

ނިމުނީ

Advertisements