ކުށްވެރިއަކި އަހަރެންތަ؟ (23ވަނަ ބައި)ލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ…

“ކިހިނެތްވީ ޑޮކްޓަރ…؟؟ ޒާހިރާ…!! ކިހިނެތްވީ..؟” ވެގެން އުޅޭގޮތެއް ބަސީރަކަށް ނޭނގުނެވެ. ސުވާލުކުރަންވީ ކާކާކަމެއް ބަސީރަކަށް ނޭނގުނެވެ.

“އައިމް ސޮރީ ބަސީރް..” ޑޮކްޓަރު ބަސީރުގެ ކޮނޑުގައި އަތްޖަހާލަމުން ކޮތަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ބަސީރަށްވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއ އައެވެ. ޑޮކްޓަރު އެބުނިއެއްޗަކާމެދު ވިސްނައިލެވުނެވެ. އެކަމަކު ހަގިގަތަކީ ކޮބައިކަމެއް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ ކަމެއް ގޯސްވެއްޖެކަމެވެ.

“ޒާހިރާ… ބުނެބަލަ.. ކިހިނެތްވީ؟ ކީއްވެ ޑޮކްޓަރު އެހެން އެބުނީ…؟؟” ބަސީރުވެސް ކެތްމަދުވެފައިހުރެ އަވަސްއަވަހަށް ސުވާލުކުރަން ފެށިއެވެ. އޭރުވެސް ގިސްލަގިސްލާފައި ޒާހިރާ ރޮމުންދިޔައެވެ.

“ބަ..ބަސީރު…” ޒާހިރާ އެއްޗެކޭ ބުނެވޭތޯ އުޅުނެވެ. އެކަމަކު ރޮވޭވަރުން އޭނައަކަށް ވާހަކަދެއްކޭވަރެއް ނުނެވެ.

“ބަސީރު.. ޑޮކްޓަރު ގާތު ބުނޭ އަލުން އަހަރެންގެ ޓެސްޓުތައް ހަދަށޭ.. އަހަންނަށް އަދި ދަރިން ލިބޭނެއޭ.. ޑޮކްޓަރު ގާތު ބުނޭ އަދި އަހަންނަސް މަންމަކިޔާނެ ކުދިން އަހަންނަށް ލިބޭނެއޭ…” ޒަހިރާއަކަށް އިތުރަށް އެކައްޗެކޭވެސް ނުބުނެވުނެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ.

ކުއްލިއަކަށް ޒާހިދުވެސް ބަސްހުއްޓުނެވެ. ޒާހިރާއަށް ދެން އިތުރަށް ކުދިން ނުލިބޭނެކަން އެނގުމުން ބަސީރަށް ލިބުނީ ކުއްލި ހައިރާންކަމެވެ. އޭނާއަށް ބޮލުގައި އަތްއަޅައިލެވުނެވެ. އަދި ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

“ނޫންންން….”

ސިއްސައިގެން ގޮސް ޒާހިރާއަށް ހޭލެވުނެވެ. އޭރު މީހާވަނީ ދާހިތްލާ ފޯވެފައެވެ. ލޮލުން ކަރުނަތައް އޮހޮރެމުންދިޔައެވެ. ހޭލެވުނީ ހުވަފެނަކުންކަން އެނގުނީ ދެނެވެ. އޭރު އޭނައަކަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ޒާހިރާއަސް އެނާގެ މޫނުމަތީގައި އަތްއަޅައިލެވުނެވެ. ކުޑަކޮށް ރޮވުނެވެ. މީގެ 20 އަހަރުކުރިން ހިތުގައި އުފެދިފައިހުރި ފާރުގަނޑު އަދިވެސް ރޯކަންމަތީގައި ހުއްޓެވެ. ޒާހިރާއަށް އޭނާގެ މޭގައި އަތްއަޅާލެވުނެވެ. އަދި ކެތްތެރިކަން ދެއްވުމަށްއެދި ﷲގެ ހަޟްރަތުގައި އެދެވުނެވެ. ގަޑިބަލަލެވުނީ ދެނެވެ. އޭރު ގާތްގަނޑަކަށް 11 ޖަހާން ގާތްވަނީއެވެ. ތެދުވެގެން ބަދިގެފަރާތަށް ދާން ޒާހިރާ ހިނގައިގެތެވެ. އެވަގުތު ގޭބޮޑު ދޮރުގައި މީހާކު ހިފާލިއަޑު އިވުނެވެ. އެއީ ަބސީރުކަން އެނގުނެވެ. ވަގުތުން ޒާހިރާ އޭނަގެ މޫނުމަތި ފޮހެލިއެވެ. މަޑުނުކޮށް އެދިޔަގޮތަށް ޒާހިރާ ދިޔައީ ބަދިގެއަށެވެ. ފެންބޮއިގެން ޒާހިރާ ބޭރަށް އައީ ބަސީރަށް ފެންތައްޓެއް ހިފައިގެންނެވެ.

“އަދިވެސް ނުނިދަންތަ؟” ފެންތަށީގައި ހިފަމުން ބަސީރު އަހައިލިއެވެ.

“ނިދަން ދާން އުޅެނިކޮށް ތިޔަ އައީ. ބަސީރު އާދޭތޯ މެދުގޭ ސޯފާތެރޭ އޮއްވާ ނިދުނީ”

ޒާހިރާ އެހެން ބުނުމުން ފެން ބުއި ތަށި ޒާހިރާއަތަށް ދިނުމަށްފަހު ބަސީރު ކޮޓަރިއާދިމާއަށްދާން ހިނގައިގަތެވެ. ލައިގެންހުރި ގަމީސް ކޮނޑުގައި އަޅުވާލުމަށްފަހު ބަސީރު އެނދުގައި ޖައްސައިލިއެވެ. އޭރު ޒާހިރާވެސް އައިސް އެނދުކައިރީގައި މަޑުކޮށްލަނީއެވެ.

“ޒާހިރާ.. އަހަރެން ވާހަކައެއް ބުނަންތަ؟” ބަސީރު ބަލާލީ ޒާހިރާއަށެވެ.

“ޒާހިދު އިން ގޮތުންވެސް އަހަންނަށްއެނގޭ ކޮންމެސް ވަހަކައެއް ދައްކާންވެގެންކަން ތިޔަ އުޅެނީ. އެހެންނޫނީ ޒާހިދެކީ މިހާ ދަންވަންދެން ހޭލާ އިންނަމީހެއް ނޫންވިއްޔާ…ކޮންވާހަކައެއްތަ؟”

“އަހަންނަށް ހީވަނީ އިފާޝާ މިހާރު މާގިނައިން ބޭރުގައި އުޅެނީހެން.. އެހާ ގިނައިން ބޭރުގައި އުޅުމަކީ އަހަރެން އެހައި ހިތްހަނަ ޖެހޭކަމެއް ނޫން.” ޒާހިދު ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އެކަމަކު އޭރުވެސް އޭނާގެ އަޑުގައި ނުރުހުންވުމުގެ ގޮތް ހުއްޓެވެ.

“އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފައިތަ؟” ޒާހިރާ އުޅުނީ ވާހަކަ ބަދަލުކޮށްލާށެވެ. ޒާހިދު އޮށޯވެގެން އޮތް ދިމާލުގައި ޒާހިރާ އިށީންނަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ބޭރުން އައިރު އެއްވެސް ވަރަކަށް ވާރޭ ވެހޭތަ؟..”

“ކީއްވެ ކުއްލިއަކަށް ތިޔަހެން ތި އެހީ… ބޭރުގައި އެއްޗިހި ހިއްކާން އަޅާފައި ހުރީތަ؟” ވާރޭގެ ވާހަކަ އެހުމުން ބަސީރުއަށް އަހައިލެވުނެވެ.

ދައްކަމުންއައި ވާހަކަ ނިކަން އަވަހަށް ބަދަލުވެއްޖެއވެ. ޒާހިރ ަބޭނުންވީވެސް އެގޮތެވެ. ބަސީރުގެ މޫނުމަތިން ރުޅިވެރިކަން މަޑުމަޑުން ފިލައިގެން ގޮސްފިއެވެ. ޙަގީގަތުގައި ބަސީރު ދައްކަން އެއުޅުނީ އިފާޝާގެ ވާހަކައެވެ. އޭނާ ފުރާވަރަށް އެޅިވާހަކއެވެ. ގިނައިން ބޭރު އުޅޭވވާހަކައާއި އެގޮތް ބަސީރަށް ކަމުނުދާ ވާހަކައެވެ. އަދި އިފާޝާއަަކި މިހާރޮ ބޮޑުވެފައިހުރި ކުއްޖެއްކަމާއި އެކަންކަން އިފާއަސްވެސް އެނގެންޖެހޭނެވާހަކައެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކީ ޒާހިރާއަށް ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ.

އެއުމުރުގެ އެހެން ހުރިހައިކުދިންނާ އިފާޝާ ވަރަށް ތަފާތެވެ. ޒާހިރ ާދެކޭގޮތުގައި އިފާޝާގެ އުޅުން ގޯހެއް ނޫނެވެ. 19 އަހަރުގެ އަންހެންކުއްޖަކު ގޭގައި ތަޅު އަޅުއަވައިގެން ބެއިންދުމަކީ އެހެންނޫނަސް ޒާހިރާ ބޭނުންވާ ގޮތެއްނޫނެވެ. ކިޔަވާ ކުދިންނާއެކު އެއކީގައި ތަންތަނަށްގޮސް އުޅުމަކީ ޒާހިރާ ދެކޭގޮތުގައި މާބޮޑު މައްސަލައެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އިފާޝާއަށް އިތުބާރުކުރެވެއެވެ.

“ލައިޓް ނިއްވާލަބަ.. ވަރަށް ނިދިއާދޭ އެބަ..” ކައިރީގައި އޮތް ބަލީސް އެއްރަފާތްކޮށްލަމުން ޒާހިރާ އެނދުގައި އޮށޯވެލިއެވެ.

(އަދި ނުނިމޭ)