ކުށްވެރިއަކީ އަހަރެންތަ؟ – 19ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

(ކުރީގެ އަދަދާ ގުޅޭ)

“އަހަރެން ބުނިން އާއެކޭ..” ސުމަން ރައްޓަހިވާން އެހިވާހަކައާ އަދި އިފާ ނިންމިގޮތަކީ ކޮބައިކަން އިފާ ކިޔައިދިނެވެ. ސުމަން އިފާ ދެކެ ލޯބިވާވާހަކަ ބުންޏެވެ.

އަފީފާވެސް އެއުފަލުގައި ބައިވެރިވިއެވެ. އެކަން އެގޮތަށް ވުމަކީ އަފީވެސް އެންމެ ބޭނުންވާ ގޮތެވެ. އެކަމައްޓަކައި އެހައި މަސައްކަތް ކުރިވެސް އެހެންވެގެނނެވެ. އެކުވެރިޔާއަސް ލިބ ޭކޮންމެ އުފަލަކީ އަފީފާއަށްވެސް ލިބ ެއެންމް ބޮޑު އުފަލެވެ.

“މަ އޭރުވެސް ބުނީމެއްނު ކުރިމަތިލާށޭ.. ކަލޭ ފިޑިކަމުން ހުރީނު..” އަފީ އިޝާރާތްކުރީ ކުރިން އޭނަ ދެއްކި ވާހަކަތަކަށެވެ.

“ހްމް.. ދެން ކޮންމެހެން ކުރީގެ ވަހަކަތަކެއް ދައްކާނެ ކަމެއް ނެތް” އިފާ ކުދަކޮސް ބޮޑާހާކާ ގޮތް ހަދާލަމުން އަފީއާ ގާތަށް ޖެހިލިއެވެ.

“ބުނެބަލަ… ކީކޭތަ ރޭގައި ކީ؟” އިފާ އައިސް އަފީގެ ކޮނޑުގައި އަތް ބައްވައިލިއެވެ.

“އައްދެ… މަގޭ ގާތުގައި ނާހާ ކީތްތަވާނީ އިފާ ފެއްޓިއްޔާ..!!” އަފީވެސް އިފާ ގައިގައި ކޮއްޓައިލަމުން ސޯފަގައި ޖައްސައިލިއެވެ.

“ގައިމު ކިޔާދޭނެ ވާހަކަވެސް މިހާރު ހުންނާނެއްނު..”

“މަ ނޫޅެން ކޮންމެހެން ކިޔައިނުދޭކަށް.” އިފާވެސް ސޯފާގެ ކޮޅުގައި ޖައްސައިލިއެވެ. އަދި ރޭގައި ކަންތައް ވީގޮތް ކިޔައދޭން ފެށިއެވެ. ވާހަކަތައް ކިޔައިދެމުން ދިޔައިރު އިފާ އިނީ ވަރަށް އުފަލުންނެވެ.

“ދެމީހުން އެކީގައި ދިޔައިރު ސުމަން ވަރަށް ގިނަ ވާހަކަތައް އެހިއެވެ. އަހަރެންވެސް ސުމަންގާތުގައި ވަރަށް ގިނަ ވާހަކަތައް އެހީމެވެ. އަފީމެން ކުރިއަށްދިޔަ ފަހުން ސުމަން ބުނެގެން އެތަނުގައި މަޑުކޮށްލީއެވެ. އަދި ވާހަކައިގެ ތެރެއިން ސުމަންއަށް އަހަރެންގެ ހިތް ފެނުނީކަންނޭނގެއެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަހަރެން އޭނަ ދެކެ ލޯބިވޭތޯއެހިއެވެ. “

އިފާގެ ވާހަކަ އެހިސާބަޔަށް ދިޔައިރު އޭނާއަށް އިނދެވުނީ ސޯފާގައި ކަމެއް ނުވަތަ ބިންމަތިގައި ކަމެއް އިފާއަކަށް ނޭނގެއެވެ. ސޯފާގެ ކޮޅުގައި އިށީން މީހާއަށް އޭރި އިނދެވުނީ އަފފާ ގާތުގައި ޖައްސާލައިގެންނެވެ. އަފީގެ އެއް އަތުގައި ހިފައިގެންނެވެ.

“އަހަރެންނަށް ފުރަތަމަ ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ލަދުންގޮސް ދުރަތަަށް ޖެހިލެވުނީއެވެ. އެކަމަކު ސުމަންގެ އެލޯތްބަށް ފުރަގަސް ދޭނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެންމެފަހުން އަހަރެންގެ ހިތަށް ކެތްނުކުރެވިގެން އަހަރެން އާއެނކޭ ބުނީމެވެ. އެވަގުތު ސުމަން އަހަރެންގެ އަތުގައި ހިފައި، އޭނަވެސް އަހަރެންދެކެ ލޯބިވާކަމަށް ބުންޏެވެ. ލޯބިންގޮސް އަހަންނަށް ސުމަންއާ ބައްދާލެވުނެވެ. “

“އައްދެއްޔޭ.. އަހަންނަނށްވުރެ މާކުރީގަ ދޯ އެހެންވިމަ..” އިފާގެ ވާހަކަ އެހިސާބަށް ދިޔަތަނާ އަފީ އޭނާގެ ކޮންޑުން އިފާގެ ކޮނޑުގައި ޖަހައިލަމުން ދިމާކޮށްލިއެވެ. އެވަގުތު އިފާ ސިޔައީ ސިއްސައިގެންނެވެ. އިފާއަށް އިނދެވުނީ އަފީފާގާތުކަން އެނގުނީވެސް ދެނެވެ. ވާހަކައިގެން ތެރެއިން އޭނައަށް އެހިސާބަށް އާދެވުނު ގޮތެއް ނޭނގެއެވެ.

“ފަހުން ގުޅިތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ އަފީއެވެ.

“އަދި ނުގުޅާ. އެކަމަކު ރޭގަ އިން ވަރަށް ލޯބިވާކަމަށް ބުނެ ގުޑްނައިޓް މެސެޖެއް ފޮނުވާފަ.” އިފާކުޑަކޮށް ހަމަޖެހިލިއެވެ.

“ވާހަކައެއް ބުނަންތަ؟” އިފާ އައިސް އަފީގާތުގައި އަނެއްކާވެސް އިށީނެވެ.

“އެނގޭތަ؟ ސުމަން މަސައްކަތް ކުރަނީ މިރަށު ހޮސްޕިޓަލުގައި.”

“އެހެންތަ؟ ތިހެން ބުނީމަ އަހަންނަށްވެސް ތިކަހަކަ އެއްޗެއް ހީވޭ. ކުރިންދުވަހު އަހަރެން ދުށިން މިދިމާ ކަންމަތިގައި ހުންނަ ބޭސްފިހާރަ ކައިރީގައި މީހަކާ ވާހަކަ ދައްކާން ސުމަން ހުއްޓަ. އަތުގައި ކޯޓަކާއި ފައިލެއް އޮތް. ވަރަށް ސްމާޓްކޮށް ހުރީވެސް” އިފާގެ އެވާހަކައިން އަފީފާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުރިންވެސް ސުމަންގެ ހަރަކާތްތައް ހުރިގޮތުން އެނައަކީ އައްފާނާ އެއް އޮފީހެއްގައި އުޅޭ މީހެއްބާވައޭ އަފީއަށް ހީވިއެވެ.

“ހަނދާންވޭތަ ދަތުރުދިޔަ ދުވަހު އައްފާނު ބުންޏެއްނު އެދަތުރުގޮސް އުޅުނީ އެމީހުން އޮފީހު ކުދިންނޭ.. އެހެންވީމ ާސުމަނއަކީވެސް ހޮސްޕިޓަލުގައި އުޅޭ މީހެއްނު” ތަންކޮލެއް ކުރީގެ ވާހަކައެއް އަފިއަށް ހަނދާންވިއެވެ.

“އަސްލު ބުނަން މިއުޅުނީ މުޅިއެކު ތިވާހައެއް ނޫނޭ.. އެނގޭތަ؟ އޭނައަކީ ޑޮަކްޓަރެއް!” އިފާ އޭނާގެ ވާހަކަ ކުރިއަށްވުރެ ތަފްސީލްކޮށްލަދިނެވެ.

“ދަތުރުގޮސް އުޅެނިކޮށް ފުރަތަމަ އެމީހުންނަ ދިމާދުވަސް ހަނދާންކޮށްބަލަ. ހަނދާންވޭތަ އަހަރެންގެ ފައިގައި އޭނަ ބޭސްއަޅައިިދިން ހަނދާން”

އިފާ އެހެން ބުނުމާއެކު އަފީގެ މޫނުމައްޗަށް އުފާވެރިކަމެއް ގެނުވިއެވެ. އެކުވެރިޔާއަށް ގުޅެން ލިބުނު ބައިވެރިޔާއަކީ ހަރުދަނ ާމީހެއްކަން އެނގުމުން ހިތްހަމަ ޖެހުނެވެ. އަދި އުފަލުންގޮސް އިފާއާ ބައްދާލެވުނެވެ.

“އަސްލުވެސްތަ.. ތީހާދަ އުފާވެރި ޚަބަރެކެ… އެހެންވީމަ ދެން ކިޔާނީ ޑޮކްޓަރ ސުމަން” ހިނިގަނޑެއް ޖަހާލަމުން އަފީ ސަމާސާކޮށްލިއެވެ.

ގަޑިން ގާތްގަނޑަކަށް މެންދުރުން އަނބުރާ ދޭއްޖަހަނީއެވެ. އިފާޝާ ހުރީ ގޭ ދޮރާށި ކައިރީގައި މަޑުކޮށްލައިގެންނެވެ. ހައްޖަމެން އަންނާނަމޭ ބުނެފައި އޮތީމައެވެ. ދުވަހަކީ ކޮލެޖްގެ ކިޔެވުން ނޯންނަ ދުވަހެއްކަމުން އެންމެން އެކީގައި ގްރޫޕް ސްޓަޑީޒް ހަދާގޮތަށް އެމީހުންވަނީ ރާވާފައެވެ. އޭރު ގޭޓް ދޮށުގައި ހުންނަތަ އިރުކޮޅެއް ވެދާނެއެވެ.

“އިފާޝާ… އަދިވެސް ބޭރުގައި ހުރީތަ؟” ކުއްލިއަކަށް އިފާޝާ ސިއްސައިގެންދިޔައީ އެނާގެ ބައްޕަގެ އަޑު ަކންފަތުގައި ޖެހުމުންނެވެ. ތެދެކެވެ. އެއީ ބަސީރެވެ.

އޮފީހުގައި އިނދެފައި ލިބުނު ހުސްވަގުތުކޮޅުގައި ގެއަށް އައިސްފައި އެނބުރި ދާން ނުކުންއިރު އިފާޝާ ބޭރުދޮރުކައިރީގައި ހުރުމުން ބަސީރު ސުވާލުކުރިއެވެ. އެތަނުގައި ހުންނަތާ ވިއްސަކަށް މިނެޓު ވެދާނެކަން ބަސީރަށްވެސް އެނގެއެވެ.

ބަސީރުއެހެން ބުނުމުން އިފާޝާ އެކައްޗެކޭވެސް ނުބުނެއެވެ. އެއްޗެކޭ ނުބުނެވުނީކީ ނޫނެވެ. ބުނަން ނުކެރުނީއެވެ. ބައްޕަގެ ހަރުކަށިކަމަކީ އިފާއަސްވެސް ފާހަގަކުރެވިފައި އޮތްކަމެކެވެ.

“މިތާ ބޭރު ނުހުރެ އެތެރެއަށް ވަދޭ… މިއަދު ކިޔަވާން ދާކަށްވެސް ނުޖެހޭތަ؟” ބަސީރު އެހެން ބުނުމުން އިފާ އެތެރެއަށް ވަނެވެ.

އެއާއެކު ބަސީރުވެސް މަޑުނުކޮށް ކުރިއަށް ދިޔައެވެ. އޭރު ހައްޖައާއި ސީމާއާ ދެމިހުންނަށް އެގެއާ ހަމައަށް އާދެވިއްޖެއެވެ. އެމީހުންނަށްވެސް ބަސީރު ފެނުމާއެކު މަޑުޖެހެވުނެވެ. ބަސީރުގެ އެހުންނަ ހަރުކަށި ސިފަ އެއްގެ ސަބަބުން އެގެއަށް ވަދެހަދާ މީހުންވެސް ތިބެނީ ފާޑަކަށް ބިރުގަނެފައެވެ. ބަސީރު ނުރުހުން ވެދާނެތީ ހީނސަކަރާތް ޖަހާލާކަށް ނުކެރެއެވެ. އަމުދުން މާގިނައިން މީހުންނަކަށް އެގެއަށް ވަދެހަދާކަށްވެސް ނުކެރެއެވެ.

ސީމާމެން އެގޯއްޗެތެރެއަށް ވަދެގެން އައިރު އިފާޝާ އޮތީ ބޭރު ޖޯލީގައެވެ.

“ކޮންކަމަކާ ބަސީރުބެ ކަޓާފަ އެދިޔައީ..؟” އިފާޝާއާ ޖެހިގެން އޮތް ޖޯލީގައި އޮށީވެލަމުން ސީމާއަށް އަހާލެވުނެވެ.

“ބޭބެ ބަލަލާގޮތުންވެސް އަހަރެން ބައެއްފަހަރު ބިރުގަނޭ.. އަބަދުވެސް ހީވަނީ ރުޅިއައިސްފައި ހުންނަހެން..” އަފީފާގެ ވާހަކައަށް ހައްޖަވެސް އެއްޗެއް އިތުރުކޮށްލިއެވެ.

“އެއީ ބައްޕަގެ އާދައެއްނު.. މިގޭ ކައިރިން ބައްޕައާ ދިމާވީ ދޯ..” ސީމާގެ ޖަވާބު ވަރަށް ކުރެވެ.

(އަދި ނުނިމޭ… 20ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

ވާހަކަ ކިޔާލުމަށްފަހު ކޮމެންޓްކުރައްވާ!

Advertisements