ކުށްވެރިއަކީ އަހަރެންތަ؟.. 15ވަނަ ބައިލިޔުނީ: އަޙުމަދު އަރީފް - އައްސޭރި / ފ.ނިލަންދޫ

ކުރީގެ އަދަދާ ގުޅޭ..

އޭރު އައްފާނާއި އަފީ މަޑުނުކޮށް ކުރިއަށްދިޔައެވެ. ޙަގީގަތުގައި އެދެމީހުންވެސް ބޭނުންވީ އެކަނިވެލާށެވެ. އަނެއްކޮޅުން ސުމަންވެސް އިނީ އެކަނިވެލާނެ ވަގުތެއް ލިބޭތޯއެވެ. އިފާ މަޑުކޮށްލަން ބުނުމުން އެހައި އަވަހަށް އެއްބަސްވެލީވެސް އެހެން ވެގެނެވެ.

“އެމީހުން ކޮންތާކަށްތަ އެދިޔައީ..؟” ވާހަކ ފެށީވެސް ސުމަންއެވެ. ފަށާނެ ވަކި ހިސާބެއް ނޭނގުމުން ސުމަން ކުރިއަށްދާން އަނެއްކާވެސް މަސައްކަތް ކުރިއެވެ. ސުމަން އިޝާރާތްކުރީ އެއްފާނު މެންނަށެވެ.

“އަހަންނަށް ހީވަނީ އެމީހުން އެކަނިވެލާހިތްވީ ކަންނޭގެ.” އިފާވެސް ވާހަކަ ދައްކަން ފެށިއެވެ. ސުމަންގެ އަޑު މެދުނުކެނޑި އިވިއިވި ހުރުމަށް އިފާގެ ހިތް އެދެމުން ދާތީއެވެ.

ހިނގާލަން އައީ ވަކި މަޤްޞަދެއް އޮވެގެންނެވެ. އެކަމަކު އަދި އެމަޤްޞަދާ ހަމަޔަށް ދާކަށް ސުމަންއަކަށް ނުކެރުނެވެ. އިފާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ވާހަކަ އެނބުރިގެން ހިނގައިދާނެ ކޮޅު ނޭނގޭތީއެވެ. އިފާ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނޭތީއެވެ. މިފަދަ ކިތަންމެ ޚިޔާލުތަކަކުން ސުމަންގެ ހަރަކާތްތައް ކޮންޓްރޯލު ކުރަމުން ދިޔައެވެ. މިއީ މީގެކުރިން ދުވަހަކުވެސް ސުމަންއަށް ވީގޮތެއް ނޫނެވެ. ސުމަންއަކީ އަބަދުވެސ ްކަންކަމުގައި ވަރަށް ކެރިގެން ކުރިމަތިލާ މިހެކވެ. އެކަމަކު މިއަދު އޭނާގެ ހިތުގެ ގޮވާލުމަށް އިޖާބަދޭކަށް ސުމަންއަކަށް ނުކެރުނެވެ. އޭނާގެ ހިތުގައި ހިގަމުންދާ އޮއިވަރާއެއްވަރަށް އޭނާގެ ނައު ދުއްވާކަށް ސުމަންއަަކަށް ނުކެރުނެވެ. ދާންވީ މިސްރާބު ފެންނަން އޮތްއިރުވެސް އެމިސްރާބަށް އޮޑީގެ ހުންނާނު ދިލާކަށް ސުމަންއަކަށް ނުކެރުނެވެ.

އެކަމާ ޚުދު ސުމަންވެސް ހައިރާންވިއެވެ. ސަބަބެއް އޭނައަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އިފާއާ ބައްދަލުވިފަހުން ސުމަންއަށް ގިނަ ބަދަލަުތަކެއް އައިކަމެވެ.

“ކީއްވެ އެއްޗެކޭ ނުބުނެ ތި އިންނަނީ… ކަމަކާ ވިސްނަނީތަ؟” މިފަހަރު ވާހަކަދެއްކީ އިފާއެވެ. ސުމަންގެ ހަރަކާތްތައް ހުއްޓިފައި އިނުމުން އިފާއަކަށް މާގިނައިރަކު ކެތެއް ނުކުރެވުނެވެ. އަނެއްކޮޅުން އޭނަވެސް އިނީ ކޮންމެވެސް ވަހަކއެއް ފަށުމުގެ ކޮޅުމަތީގައެވެ.

“ކީއްވެ ތިހެން ތިއެހީ..؟ އަހަރެން އިންގޮތުން ކަމަކާ ވިސްނާހެން ހީވީތަ؟” ބިންމަތީގައި ދެއަތް ވިއްދައިލަމުން ސުމަން ހަމަޖެހިލިއެވެ. އެވަގުތު އިފާއަށް ސުމަންއަށް ބަލައިލެވުނެވެ.

އިފާއަށް ސުމަން ސިފަވީ މަޝްހުރު ފިލްމީތަރިއަކު ފޮޓޯއަކަށް ތައްޔާރުވެގެން އިންފަދައިންނެވެ. ސުމަންގެ މޫނުމަތީގައި އެއްވެސް އަިއބުކަމެއް ނެތެވެ. އެންމެ ފުރިހަމަ ފިރިހެނެއްގެ މޫނުމަތިން ފެންނަންޖެހޭ ހުރިހައިކަމެއް އިފާއަށް ސުމަންގެ މުނުމަތިން ފެންނަމުންދިޔައެވެ. އެއްޗެކޭ ބުނަންވެގެން ސުމަންއަށް އެނުބުރިލެވުނީ އެވަގުތުއެވެ. އޭރު އިފާއިނީ ސުމަންގެ މޫނަށް ބަލާށެވެ. އިތުރު އެހެން އެއްވެސް އެއްޗެއް، އެއްވެސް ކަމެއް ވަމުންދާކަމެއް އިފާއަކަށް ނޭނގެއެވެ. އިފާއަށް ފެންނަމުންދިޔަހައިވެސް އެއްޗަކީ ސުމަންގެ މޫނެވެ. އެވަގުތު ސުމަންއަށް ހިތްވަރެއް ލިބުނު ކަހަލައެވެ. ސުމަންގެ ވާހަކަތަކަށް އިފާ ދޭނެ ޖަވާބަކީ ކޮބައިކަނ ްއޭނާއަށް އެނގުނެވެ. އަދި ސުމަންގެ ހިތުގައި އިފާއަށް ދެވިފައިވާ މަގާމަށް އިފާ އިންކާރު ނުކުރާނެކަން ސުމަންއަށް އެނގުނެވެ. އިފާއިނީ ހަމަ ރަނގަޅަށްވެސް ގެއްލިފައެވެ. ސުމަން އޭނާއަށް ބަލަންއިންއިުރވެސް އެކަމެއް އިފައަކަށް ފާހަގައެއް ނުކުރެވުނެވެ.

“އިފާ… ކީއްވެ ތިހާވަރަށް ތިބަލަނީ..”

ސުމަންގެ އަޑު ޖެހުމާއެކު އިފާ ދިޔައީ ސިއްސައިގެންނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިފާ ކޮޅަށް ތެދުވިއެވެ. އޭރު އިފާގެ މޫނުމަތިން ލަދުވެތިކަމުގެ ކިތަންމެ ކުލަވަރެއް ފެންނަމުން ދިޔައެވެ. އިފާއަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. އެވަގުތު ސުމަންވެސް މަޑުމަޑިން ތެދުވިއެވެ.

“ކިހިނެތްވީ….” އިފާ ތެދުވީ ކީއްވެގެންކަމެއް ސުމަންއަކަށް ނޭނގުނެވެ. އެކަމަކު ކޮންމެވެސް ކަމެއް ވެއްޖެކަން ސުމަންއަށް ޔަގީން ވިއެވެ. އިފާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިގެން އެހުރީ ޔަގީނުންވެސް ކޮންމެވެސް ކަމެއްވެގެން ކަމަށް ސުމަންގެ ހިތް ބުނަމުންދިޔައެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ..” އަނެއްކަވެސް ސުމަން އިފާއާތް ގާތްވެލަމުން އަހައިލިއެވެ. މިފަހަރު އިފާއަށްވެސް ތަފާތު އިހުސާސެއް ކުރުވިއެވެ. ފުން ނޭވާއެއް ލުމަށްފަހު އިފާ ކުރިއަށް ހިގައިގަންނަށް ފިޔަވަޅެއް އެޅިއެވެ. އެވަގުތު…

“މަޑުކޮށްބަލަ.. ކީއްވެ އެއްޗެކޭ ނުބުނީ.. ކަމެއް ގޯސްވީތަ؟” ސުމަން ހިފީ އިފާގެ އަތުގައެވެ. އަދި ކުރިންކުރި ސުވާލުތައް އަނެއްކާވެސް ތަކުރާރު ކުރިއެވެ. އެކަމކަު މިފަހަރުވެސް އެއްވެސް ޖަވާބެއް ސުމަންއަކަށް ނުލިބުނެވެ. މަޑުމަޑުން އިފަގެ ކޮނޑުގައި ސުމަން އަތްޖައްސާލިއެވެ. އެވަގުތު އިފާއަށް ވަމުންދިޔަގޮތްތައް ބަޔާންކޮށްދޭނީ ކޮންފަދައަކުންކަން ޚުދު އިފާއަކަށްވެސް ނޭނގޭނެއެވެ. އޭނާގެ ޒަމީރަށް ވަމުންދިޔަ ގޮތްތައް ފާޅުކުރަމުންދިޔައީ އޭނާ މޫނުމައްޗަށް ގެނުވަމުންދިޔަ ބަދަލުތަކުންނެވެ.

ސުމަން މަޑުމަޑުން އޭނަ ހުރި ދިމައަށް އިފާ އަނބުރާލިއެވެ. އޭރުވެސް ސުމަން ހުރީ އިފާގެ ކޮނޑުގައި ހިފާލައިގެންނެވެ. އިފާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން ސުމަންގެ ހިތް އުފަލުން ނަށާލިކަހަލައެވެ. އިފާހުރީ ވަރަށް ލަދުގެންފައިކަން ސުމަންއަށް އެނގުނެވެ. އަދި އިފާގެ ހިތުގައި ހިގަމުންއެދާ ޖަޒުބާތުތައް އިފާގެ މޫނުމަތިން ސުމަންއަށް ފެންނަމުންދިޔައެވެ. ސުމަންގެ ލޯތްބަށް އިފާވެސް އިންތިޒާރުކުރާކަހަލައެވެ. އެލޯތްބަށް އިފާވެސް ފެންބޮވައިގެންފައިވާ ކަހަލައެވެ. އިފާއަށްވެސް ވެގެން އެއުޅެނީ ހަމަ އޭނައަށްވެސް ވެގެން އުޅޭގޮތްކަން ސުމަންއަށް އެނގުނެވެ. ހިތުގެ އުދާސްތައް ފާޅުކުރަން ނުކެރެނީއެވެ. ހިތުގައި ހިގަމުންދާ ޖަޒުބާތުތައް ދުލުން ބަޔާންކުރަން ދަތިވަނިއެވެ. ނުވަތަ ފަސްޖެހެވެނީއެވެ. ސަބަބަކީ ކޮބައިކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ. ހަމަ ފަސްޖެވެނީއެވެ.

އިފާ މަޑުމަޑުން ލޯމަރައިލިއެވެ. އެވަގުތު ސުމަން އިފާގެނ ކޮނޑުން އަތް ދޫކޮށްލިއެވެ. އަދި ކުރިންވެސް ހިފައިގެން ހުރި ގޮތަށް އަތުގައި މަޑުމަޑުން ހިފައިލިއެވެ.

“އިފާ… ކިހިނެތްވީ…؟”

ސުމަންގެ އެފިރިހެންވަންތަ އަޑު އަނެއްކާވެސް އިފާގެ ކަންފަތުގައި ޖެހުނެވެ. މިފަހަރުވެ އިފާ އެއްޗެކޭ ބުނަން އަނގަހުޅުވާލިއެވެ. އެކަމަކު އޭގެ ކުރިން ސުމަން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ބުނެފާނަންތަ؟”

އިފާގެ މުނުމައްޗަށް ގެނުވީ ހިނިތުންވުމެކެވެ. އެވަރުން ސުމަންއަސް ފުދުނެވެ. އިފާގެ ޖަވާބަކީ ކޮބައިކަން ސުމަންއަސް އެނގުނެވެ.

“އިފާ އަހަރެންދެކެ ލޯބިވޭތަ؟” ވަރަށް ނުބުނާން ހުރެފައި ސުމަން ކެރިގެން ކުރިމަތިލިއެވެ. ލޯބީގައި ފަސްޖެހިގެން ކުރިއަށް ނުދެވޭނެކަނ ްއޭނާއަށް އެނގުނެވެ.

(އަދި ނުނިމޭ… 16ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)

Advertisements