ކުށްވެރިއަކީ އަހަރެންތަ؟… (ފުރަތަމަ 9ބައިގެ ޚުރު ޚުލާސާއެއް)ވާހަކައިގެ ފުރަތަމަ ބައި

(މިބައިގައި މިގެނެސްދެނީ ފާއިތުވެ ދިޔަ 9ބައިގެ ކުރު ޚުލާސާއެކެވެ.)

ސުމަންއާއި އިފާމެން ދަތުރުގޮސް އުޅުނީ އެއްރަށަކަށެވެ. އެދަތުރުގެ ކުރިންވެސް އިފާއަށް ސުމަން ފެނިފައި އެބަހުއްތެވެ. ސުމަންގެ އެފިރިހެންވަންތަ ހަށިގަނޑުގައި އެހެރަ ޖާދުއަކީ އިފާޝާފަދަ ހަމަ ކޮންމެ އަންހެން ކުއްޖެއްގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރާނެފަދަ ޖާދޫއެކެވެ. ބޮލުގެ ފަން އިސްތަށިކޮޅާއި ޒަމާނީ ގޮތަކަށް ހަދާލާފައިވާ ތުނބުޅިއާއި މޭމަތީގައި ފަޅާފައިވާ އިސްތަށިކޮޅުން އޭނާގެ ފިރިހެން ވަންތަކަން ދައްކުވައިދޭ ކަހަލައެވެ. ބައިމަތި ފުޅާވެފައި އިސްކޮޅުން ދިގު އެހަށިގަނޑުގެ ބިޔަކަން ފެނުމުން އިފާޝާގެ ހިތް ފުރަތަމަ ދުވަހުވެސް ސުމަންއަށް ދެވުނެވެ.

ސުމަންމެން މޫދުގައި ތިބެފައި އެއްގަމަށް އަރައިގެން އައިރުވެސް އިފާހުރީ އެމީހުން ކުރާ ކަމެއް ބަލާށެވެ. ސުމަންމެން ދިޔައީ ފެންވަރާށެވެ. އޭރުވެސް އިފާ އެތަނުން ދާހިތެއް ނުވިއެވެ. ފެންވަރަންތިބެ އެމީހުން ދެއްކި ވަހަކަތައް އަޑުއަހަން އިފާށާ މަޑުކުރިއެވެ.

“ޒިއްޕެ. ކަލޭ ބިޓު ކޮބާ..؟” މާގަނޑުގެ ދަށުގައި ފެންވަރަންހުރި ޒިހާންއަށް އިޝާރާތް ކޮށްލަމުން ސުމަން ވާހަކަ ދެއްކިއެވެ.

އެވަގުތު އިފާޝާގެ ހިތަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ހިތަށް އެކަންޏެއް ނޫނެވެ. މުޅި މީހާވެސް ފިނިވީއެވެ. ސުމަންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“އޭނަގެ ވާހަކަ ނުދައްކަ ބަލަ. ކީއްވެތަ ކަލޭ ބިޓެއް ނުނަގާ ތިހުންނަނީ..؟” ޒިހާންއަށްވުރެ ކުރިން ވާހަކަ ދެއްކީ ނާފިޒްއެވެ. ނާފިޒް ކުރީ ސުވާލެކެވެ. އެކަމަކު އެސުވާކަލަށް ސުމަން ޖަވާބެއް ނުދެއެވެ.

އިފާޝާވެސް އިންތިޒާރުކުރީ ސުމަން ދޭނެ ޖަވާބަކަށެވެ.

“ކަމެއް ނުވޭ… ދިއްކޮށްލަބަލަ ތުވާލި..” ޖެހިލުން ކުޑަގޮތަކަށް ސުމަން ޖަވާބު ދިނެވެ. އަދި ލައިގެން ހުރި އެއްޗިހިބައިލައި ފެންހިއްކާލިއެވެ.

“ނިމޭކަށް ނުވޭތަ؟ އަވަސްކޮށްބަލަ. މިހާރު އައްޕެމެން ދިޔަ ފަހުން ކޮން އިރެއް. އެމީހުން ތިބޭނީ އަހަރުމެން ނައިސްގެން” މަޑު ފެހިކުލައިގެ ތުވާލި އުނުގައި އޮޅާލަމުން ސުމަން ނާފިޒްއަށް ބަލާލިއެވެ.

ސުމަންމެން ފެންހިއްކާލައިގެން އެމީހުން ދަތުރުއައިސް އުޅޭ ސަރަހައްދަށް ދިޔައިރުވެސް އިފާއަށް ހުރެވުނީ ސުމަންއަށް ބަލާށެވެ. އޭނާގޮސް ގެއްލި އޮބިއިރުވެސް އިފާއަށް ހުރިތަނުގައި ހަމަ ހުރެވުނިއެވެ.

“ސާބަސް. މިތާ ކީއްކުރަނީ..؟ މީ ފިރިހެން ކުދިން ފެންވަރަން އަންނަ ތަނެއްނު.” އަފީ އައިސް އިފާޝާގެ ދަށްބޮލުގައި ކޮއްޓާލަމުން އޭނައަށް ގޮވާލިއެވެ.

“ޔަގީނޭ.. މީނަ މިތާ ހުރެގެން ފިރިހެން ކުދިން ފެންވަރާތަން ބަލަނީ…” ލާނެއް ހިނިގަނޑެއް ޖަހައިލަމުން ސީމާވެސް އެކުވެރިޔާއާ ދިމާކޮށްލިއެވެ.

“ސާބަސް ކަލޭމެންނަށް. މިތާހުރިއްޔަ އެހައިވަރު ކަމެއްތަ؟ ކަލޭމެން ދެން ފިރިހެނަކާ ގާތް ނުވަނެތާ!” އިފާޝާވެސް ވަކިން ދުލެއް ނުކުރެއެވެ. ކުޑައިރުކޮޅަކު އަނގަތަޅާލުމަށްފަހު އެންމެން އެކީގައި ރޭހެއްޖަހާހެން ދުއްވައިގަތެވެ. އިފާޝާމެން ދަތުރުގޮސް އުޅޭ ހިސާބަށް ދާށެވެ. ތަންކޮޅަކަށްދިޔަތަނާ އިފާ ވެއްޓުނެވެ. އޭރު ސުމަންމެންވެސް އުޅުނީ އެހިސާބު ރުކަކުން ކުރނބާއަޅަން ގޮހެވެ. އަންހެއް ކުއްޖަކު ރޮއިގަންއަޑަށް އެތަނަށް ސުމަންމެންނަށް ދެވުނެވެ.

“އާހް.. އަފީ… އަހަރެންގެ ފައި…” އިފާޝާއަށް އޭނަގެ ފަޔަށް އަނިޔާއެއްވިކަން އެނގުނީ ދެނެވެ. އިފާޝާ ލައިގެންހުރި ހަރުވާޅު މައްޗަށް އަރުވާފައި އަފީ ބަލާލިއެވެ. އިފޫއަށްވެސް ހަންމަށައިގެން ގޮސްފައިވާ ތަންގނަޑު ފެނުނީ ދެނެވެ. އޭރުވެސް ލޭތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އިފާޝާގެ ފައިގެ ކަށިމަތި ވަނީ ހަންގޮސްފައެވެ. ވަރަށް ދިލަނަގާނެކަން ޔަގީނެވެ.

ސުމަންއައިގޮތަށްއަިސް އިފާށާ ގާތު މަޑުކޮށްލިއެވެ. އަދި ވީގޮތްވެސް އަހައިނުލާ އޭނާގެ ދަބަހުން ބޭންޑޭންކޮޅަކާއި ޑިޓޯލްފުޅިއިއެއް ނަގައި ހަންމަށައިގެން ގޮސްފައިވާ ތަންކޮޅު ސާފުކޮށްލުމަށްފަހު ބެންޑޭޖް ކޮށްލަދިނެެވ. އެހުރިހައިއިރު އިފާއަށް އިނދެވުނީ ސުމަންއަށް ބަލާށެވެ.

ސުމަން ދިޔުމުން އަފީފާމެން އިފާޝާއާ ވަރަށް ދިމަކުރިއެވެ.

ކޮންމެއަކަސް ދަތުރުގެ ފޮރި ވަރަސް ގަދައެވެ. ގަނޑިން ގަތްގަނޑަކަށް މެންދުރުފަހުނ 3 ޖަހަނީއެވެ.

“އަހަރެމެން މިއައީ އެކޮޅުގައި ތިބެތިބެ ފޫހިވެގެން. އޯކޭތަ ތިމީހުންނާ އަނގަ ތަޅާލަން މިތަނުގައި އަހަރުން ޖައްސާލިއަސް” ކުދިންތަކުގެ ތެރެއިން ކުރިއަށް ޖެހިފައި ވާހަކަ ދެއްކީ އައްފާނެވެ.

“އަހަންނަށް ކިޔަނީ އައްޕި. މީހުސް އަހަރުން އޮފީސް ކުދިން. ދޯ ފިއްޓޭ.” ކުދިންތަކުގެ ތެރެއިން ނާފިޒްއަށް އިޝާރާތް ކޮށްލަމުން އައްފާނު ވާހަކަ ދެއްކިއެވެ.

އިފާޝާމެން ގުރޫޕު ކުދިންވެސް އެކަމަކަށް އިންކާރެއް ނުކުރިއެވެ. ދެބައިމީހުން ބައިވެގެން ވަރަށް ގިނަ އަނގަތެޅިއެވެ. ހެއްވާ މަޖާ ޖޯކުތައް ކިޔައިގެން އަންހެން ކުދިންތައް އިތުރަށް ފޫހިފިލުވައި ދިނުމުގައި ފިރިހެން ކުދިންތައް ހަރަކާތްތެރިވަމުން ދިޔައެވެ.

“ހިނގާ ލަވަ ބާޒީ ކުޅެން… އަންހެން ފިރިހެން ވަކިން” އެންމެންގެ ތެރެއިން ހައްޖަ ނުކުމެފައި ވާހަކަ ދެއްކިއެވެ. ދެބައިމީހުންވެސް ވަރަށް ފޯރީގައި ތިބިހެން ހީވެއެވެ. ފެއްޓީ އަންހެން ޓީމުންނެވެ. ލަވައަކަށްފަހު ލަވައެއް ކިޔަމުން ގޮސް ދެޓީމުންވެސް ވަރަސް ގިނަ ލަވަކިޔައިފިއެވެ.

މިފަހަރު ލަވަ ކިޔަން ޖެހުނީ ފިރިހެންކުދިންގެ ޓީމަށެވެ. ކިޔަން ޖެހިފައި އޮތީ ހާއަކުންނެވެ. ގިނަ ލަވަތައް ކިޔިފައިހުރުމާއެކު ލަވައެއް ނަގަން ކުޑައިރުކޮޅެއް ނެގިއެވެ.

ލަވަކިޔަން ފެއްޓީ ސުމަން އެވެ. ސުމަންގެ ލަވަ ފެށުމާއެކު އެންމެން އިފާޝާއާދިމާއަށް ބަލަން ފެށިއެވެ. ހައްޖަމެން

ލަވައިގައި ބައިވެރިވެސް ވިއެވެ.
“ހިތް އެދޭތީ ބުނަން… އައިސް ބަލާށޭ ނިކަން…
ހާލުކިޔައިދޭ ހިތުން…. ހިތް ރޮނީއޭ ލަދުން….
އިފާޝާ… އައިލަވް ޔޫ.. އައިލަވް ޔޫ ޓޫ….

ސުމަންގެ ލަވަ ނިމުމާއެކު އަންހެންކުދިންގެ ގުރޫޕުގެ އެންމެން އިފާޝާއާ ދިމާކޮށްލުމުގެ ގޮތުން ހޭންފެއްޓިއެވެ. އެކަމަކު އެކަމެއް ސުމަންމެންނަކަށް ނޭގެއެވެ. އޭނައަށް ކިޔަނީ އިފާޝާ ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެމީހުން ހީކުރީ ޓަވިޔަނިން ލަވައެއް ކިޔަން ޖެހުނީމައި އަންހެން ކުދިން ހޭންފެއްޓީ ކަމަށެވެ.

ދަތުރު ނިމިގެން އެބުރި ރަށަށް ދިޔައިރުވެސް އަފީމެން އިފާޝާއާ ދިމާކުރިއެވެ. އައި ދޯނިމަތީގައިވެސް އެމީހުން އެލަވަ ކިޔައފައި އޭނައާ ދިމާކުރިއެވެ.

އެދުވަހަށްފަހު އިފާޝާއަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. ނިދުން ލަސްވެފައި ހޭލުން އިހުނަށްވުރެ އަވަހެވެ. ކޮންމެރެއެއްގެ ހުވަފެނުގައި އެނާ ސުމަންއާ ބައްދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއެވެ. އަދި އެޚިޔާލުތަކުގައި އަނެއްދުވަހުގެ ބޮޑުބައެއް ހޭދަކުރެއެވެ. މިގޮތުގައި ދުވަސްތައް ތަކުރާރުވަމުންގޮސް އެއް ރެއަކު ސުމަންއަށް ބައްދަލުވިއެވެ.
އަފީފާގެ އެދުމަކަށް އިފާއާ ދެމީހުން ހިނގާލަން ނުކުތް ރެއެކެވެ. އަތިރިމަތިން ހިނގަމުން ގޮސް އަފީ މަޑުކުރީ ސުމަންމެން މަސްފިހަން ގޮސްއުޅުނު ތަނަކަށެވެ. ފެންބޮވައިގެނ ކަމަށްބުނެ އެމީހުންގަތަށްގޮސް އެމީހުންނާ ބައިވެލިއެވެ. އެވަގުތު ސުމަންވެސް އައިސް އިފާގާތު މަޑުކޮށްލިއެވެ.

‘އަހަ.. ތިމީހުންތަ؟ މިހާރު ފައި އޯކޭ ވެއްޖެ ދޯ..” އިފާޝާގެ ފަޔަށް ބަލައިލަމުން ސުމަން އޭނައާ ވާހަކަދެއްކިއެވެ. އެވަގުތު އިފާޝާވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީއެވެ.

“ކީތްކުރަނީ މިތާ..؟”

“އަހަރުން އައީ ފެން ބޮވައިގެން ދޯ އިފޫ…” ސުމަންގެ ސުވާލަށް ޖަވާބު ދިނީ އަފީއެވެ. އަފީ ވާހަކަ ދެއްކީ ވަރަށް އެކުވެރި ގޮތަކަށެވެ. ހީވި ދެކެފަރިތަ މިހަކާ ވާހަކަދެއްކިހެންނެވެ.

ސުމަންގެ އެދުމަކަށް މަސްފިހެ ނިމެންދެން އިފާމެން މަޑުކުރިއެވެ. ކޮންމެވެސް ވަރަކަށް އެދެމީހުން ވާހަކަ ދައްކާ ހެދިއެވެ. އިފާއިނީ ވަރަސް ލަދުންނެވެ. އެކަމަކު ސުމަންގެ އަޑުއަހަން އޭނާ އިންއިރު ބައެއްފަހަރު ކުރެވޭ ނުކުރެވޭ އެއް ނޭނގެއެވެ.
‘ކޯއްޗަކަށް ތި ބަލަނި.. އަނެއްކާ މަގޭ މޫނުގައި އެއްޗެއް ކޭތިފައި ހުރީތަ؟” އިފާ ސުމަންއަސް ބަލަން އިންވަރުން ސުމަން އޭނައާ ސުވާލުކުރިއެވެ. އިފާ ވަރަށް ލަދުގަތެވެ. ސުމަންއަށް ބަލަން އިދެވުނުކަން އޭނައަށް ފާހަގަ ކުރެވުމުންނެވެ. އަނެއްކާވެސް ސުމަން އެސުވާލު ކުރިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ.. އިފޫ އަކީ ވަރަށް ވާހަކަ ނުދައްކާ ކުއްޖެއް ދޯ.” އެއްޗެކޭ ނުބުނުމުން ސުމަން އިފާ ގާތުގައި އަހާލިއެވެ. ވަގުތަކީ އަފީއަށް އެތަނަށް އާދެވުނު ވަގުތެވެ.

“ކޮންތާކު.. އަހަރުމެން ގުރޫޕަކު މީނައަށްވުރެ ސަކަރާތް ގަދަ މީހަކު ނުހުންނާނެ.” ސުމަންގެ އެސުވާލަށް ޖަވާބު ދިނީ އަފީފާއެވެ.

“ދެން ކީއްވެ އިފޫ އެހައި މަޑުން އެއިންނަނީ” ސުމަންގެ ސުވާލު މިފަހަރު އަމާޒު ކުރީ އަފީއާއެވެ.

“ލަދުންތަ؟ އެހެންވެއްޖެއްޔާ ތީ މަށަށް ވަރަށް ކަމުދާ ސިފައެއް.” ސުމަން އިފާގެ މޫނަށް ބަލާލިއެވެ.

ލަދުވެތިކަމަކީ ސުމަން ވަރަށް ގަޔާވާ ސިފައެކެވެ. އަފިފާ ދިޔަފަހުންވެސް ދެމީހުން ވަރަށް ވާހަކަ ދެއްކިއެވެ.

“މިހާރުދެން އަހަރުމެންމީ ރައްޓަހިން ދޯ..” ސުމަން އިފާޝާގެ މުނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

“އާނ.. މިހާރު ދެން ރައްޓަހިކަން މި އުފެދުނީތާ ދޯ…” އިރުކޮޅަކު ބަލަން އިދެފައި ސުމަންގެ ސުވާލަށް އިފާވެސް ޖަވާބު ދިނެވެ.

އެރެއަކީ އިފާޝާގެ ހަޔާތަށްއައި އުފާވެރި ރޭތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވުނު ރެއެކެވެ. އިފާގެ ހިތް އެވަރަށް އެދުނު ދެވަނަ މީހަކު ނުވެއެވެ. އެހާ ގާތްކޮށް ސުމަންއާ ވާހަކަ ދައްކާލެވުނީމަ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

އިފާ ބޭނުންވީ ސުމަންއާ ބައްދަލުކުރާށެވެ. ވާހަކަ ދައްކާށެވެ. އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެކަން އޭނާ ހިއްސާކުރީ އެކުވެރި އަފިއާއެވެ. އަފި ގޮތެއް ވިސްނިއެވެ. އަފީފާގެ ރޭވުންތެރިކަން ވަރަށް ރަނގަޅެވެ. ކޮންމެވެސް ގޮތަކުން އައްފާނުގެ ނަންބަރު ހޯދިއެވެ. އަދި އައްފނާ ގުޅައިގެން ސުމަންގެ ނަންބަރު ހޮދޭނެގޮތެއް ވޭތޯ ބެލިއެވެ. ޙަގީގަތަކީ އަފީފާއަށްވެސް އައްފާނު މާ ކަމުދިޔައީއެވެ. އެނާގެ ހިތުގައިވެސް އައްފާނަށް ކޮންމެވެސް ކަހަލަ ޖާގައެއް ދެވުނީއެވެ.

(10ވަނަ ބަޔަށް އިންތިޒާރުކޮށްލާ…)