ދަތުރުމަތި

ތިރީގައިއެވަނީ ގްރޭޑް 11އަށް ދަތުރުމަތި ނަގާދިނުމަށްފަހު ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ދެވިދާނެ މަސައްކަތެކެވެ. މިއީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެ ފިލާވަޅެކެވެ.

* ތިރީގައިވާ ދަތުރުމަތީގައި ހުރި މައްސަލަތައް ފާހަގަ ކުރާށެވެ.

5 ނޮވެމްބަރު 2005 ވީ އާދީއްތަ ދުވަހު އަޅުގަނޑުމެން ކުލާހުގެ 20 ކުދިން ދަތުރަކު ދިއުމަށްޓަކައި ފުރީމެވެ. ފުރީ އަޅުގަނޑުމެންގެ ރަށް ކަމުގައިވޤ ފ. ނިލަންދޫއިން ބިލެއްދުއަށް ދާންވެގެންނެވެ. މިއީ 2 ގަޑީއިރުގެ ދަތުރެކެވެ. މިރަށު ބޯޅަކިންކިރިގޭ މާކަނާ ދޯނިން އެރޭގެ 3:00 ގައި ދަތުރު ފެށީމެވެ. ދަތުރުގައި ބައިވެރިވީ އަޅުގަނޑުމެން ކްލާހުގެ ގާތްގަނޑަކަށް 20 ވަރަކަށް ކުދިންނާއި ކްލާސް ޓީޗަރާއި ދޯނީގެ ކެޕްޓަނާއި 2 ފަޅުވެރިންނެވެ.

އުޑުމަތި ސާފު ރީތި ރެއަކަށްވާތީ އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. 3 ޖެހީ އިރަކަށް ދޯނި ނައްޓާލައިފިއެވެ. އެންމެން މަޖާކުރަން ފަށައިފިއެވެ. ދޯންޏަށް ކާތއކެތި ބަހަން ފަށައިފިއެވެ. އެންމެން ކާންތިބި ނަމަވެސް އަހަރެން ކާހިތެއް ނުވެއެވެ. އެހެންވެ އަހަރެން ދިޔައީ ދޯނީގެ ކޮންމެވެސް ހިސާބަކަށެވެ. ކުއްލިއަކަށް ޙައިރާންކަމެއް ލިބުނީ އުޑުމަތި ބަނަވިތަން ފެނުމުންނެވެ. ބައިވަރު ކަޅުކަޅު ބޯ ވިލާތަކެއް ފެނިއްޖެއެވެ. ދެން ފެނުނީ ލޮނުގަނޑު ބޮޑުވިތަނެވެ. ވިއްސާރަ ބޯވާން ފެށިތަނެވެ. ދޯނި ހީވަނީ ތަރަތަރަ ޖަހައިގަނެފާނެ ހެންނެވެ. ހަމަ އެވަގުތު މީހަކުގެ ހަޅޭލެވުމެއް އިވިއްޖެއެވެ. އެންމެން އެދިމާލަށް ދުއްވައިގަތެވެ. ދެފަޅުވެރިންކުރެ އެއްފަޅުވެރިއެއްގެ އަތް ވަރަށް ބޮޑަށް ކެނޑިފައިވާތަން ފެނުނެވެ. ޚަބަރުބަލާލިއިރު އެއީ އެދެމީހުން ދއމީހުންނަށް ޒުވާބު ކުރަމުން ކުރަމުން ގޮސް އެކަކުގެ ގާތަށް ރުޅިއައިސްސައި އަނެކަކުގެ ގައިގައި ވަޅިއެޅީއެވެ. އެހާ ހިސާބުން އެންމެންވެސް ބިރުގަނެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން ދެތިން ކުއްޖަކު ގޮސް އެދެމީހުން ދުރު ކުރުވިއެވެ. އެއަށްފަހު ކައްޕި ކައިރީގައި ބުނެގެން ޕޮލިސްއަށް ގުޅިއެވެ.

ގާތްގަނޑަކަށް 15 މިނިޓު ފަހުން އެކަންތައްތައް ހަމައަކަށް އެޅުވިއްޖެއެވެ. ދަތުރުގެ މަޖާކަންވެސް ކެނޑިއްޖެއެވެ. ކްލާސް ޓީޗަރު ހުރިހާ ކުދިން އެއްކޮއްގެން ނަޞޭޙަތްދޭން ފެށިއެވެ. ކުއްލިއަކަށް މާހިރު ވަރަށް ބާރަށް ހަޅޭލަވައިގަނެފިއެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެނާ އަތުގެ އިޝާރާތުން މޫދު ދައްކާލިއެވެ. ވަރަށް ދުރުން މީހަކު އަތްހޫރާތަން ފެނުނެވެ. ވަގުތުން ދޯނި އެެދިމާލަށް އަނބުރާލިއެވެ. ގޮސް އެމީހާ ނަގާ ބަލާލިއިރު އެއީ އަޅުގަނޑުމެންގެ ބައިވެރިއެކެވެ. ޙަސަން ލަޠީފެވެ. އެންމެންގެ ހާސްކަން ދަނީ އިތުރުވަމުންނެވެ. އެގޮތަށްގޮސް ދޯނި ބިލެއްދުއަށް ލަފައިފިއެވެ.

3 ގަޑިއިރުގެ މިދަތުރު ދެގަޑިއިރަސް ދެމިގެންދިޔައީއެވެ. އެހެންވެ ރަށަށްދެވުނީ 6ޖެހިއިރުއެވެ.