ފަލަވުމާއި ޑައިޓިންގ (1)

ހަށިގަނޑު ފަލަވެ، ބޮޑީމާސް އިންޑެކްސް އަށްވުެރ މިހާގެ ބަރުދަން މަތިވެގެން ދިއުމަކީ ދުޅަހެއު ސިއްޙަތަކަށް ހުރަސް އަޅާ ކަމެކެވެ. އެގޮތުން ތަފާތު އެކި ބަލިތަކަށް މީހާގެ ހަށިގަނޑު ތައްޔާރުކޮށްދެއެވެ. ހިތުގެ ބަލިތަކާ ލޭމައްޗަށް ދިއުމާ ފަލަވާ ބައްޔަކީ އެންމެ އާންމުކޮށް ފެންނަ ބަލިތަކެވެ. ދުނިޔޭގެ ގިނަ އިލްމުވެރިން ހާމަކުރައްވާގޮތުން ކެއުމުގައި ވަކިކަހަލަ އާދަތަކެއް ހިފެހެއްޓިއްޖެނަމަ ތިމާގެ ހަށިގަނޑަކީ ބޭނުންއިރަކު ބޭނުން ބައްޓަމަކަށް ބަހައްޓާލެވިދާނެ އެއްޗެކެވެ. މިކަން ކުރުމައްޓަކައި މިހާރުގެ ގިނަ ޒުވާނުން ‘ޑައިޓް’ ކުރަން ފަށައެވެ. މިއީވެސް ރަނގަޅަށް ކޮށްފިނަމަ ޙައްލެކެވެ. އެގޮތުން މިތަނުގައި އަޅުގަނޑު މި ހިމަނާލާ މައުލޫމާތުކޮޅަކީ ހަށިގަނޑު މާބޮޑަށް ބުރަހެލިވެގެން އުޅެންޖެހިފައިވާ މީހުންނަށް ވަރަށް އެކަށޭނެ މައުލުމާތުކޮޅެކެވެ. ކެމުގައި ބޭނުން ކުރުން އެންމެ ރަނގަޅު ބާވަތްތަކާއި ދުރުހެލިވުން ރަނގަޅު ބާވަތްތަކަށް އަލިއަޅުވާލާފައިވާނެއެވެ. އަދި ހަމައެހެންމެ ކެއުމުގައި ގެންގުޅެވިދާނެ ޑައިޓެއް އަޅުގަނޑު ހިމަނާލާފައި ވާނެއެވެ.
ދުރުހެލިވާންވީ ކާނާގެ ބާވަތްތައް:
1. ބަޓަރު، ގިތެއު، ކާށިތެއުފަތަ ސަރުބީގެ ބާވަތްތައް
2. ފްރައިޑްކޮށްގެން ތައްޔާރުކުރާ ހުރިހާ ބާވަތެއް
3. އަސާރަ، ތެއުކޮށް ހުންނަ މަސާލަ
4. ކާއްޓާ، ކާސިކިރުގެ އިތުރުން ކާށީގެ ތަފާތު ތައްޔާރީތައް
5. ހިއްކާފައިހުންނާ މޭވާއާއި ބަދަން (ނަޓްސް)
6. ގެރިމަސް، މަޓަން، ސޮސެޖް ކުކުޅުބިހުގެ ރަތްކަނި
7. ކްރީމް ކަހަލަ ކިރުގެ އުފެއްދުންތައް
8. ބަންދުކޮށްފައި ހުންނަ ލުއި ބުއިންތައް، (ކޯކް، ފެންޓާ…)

— އަދި ނުނިމޭ —