ފަލަވުމާއި ޑައިޓިން (2)

ބޭނުންކުރުން ހުއްދަ ބާވަތްތައް:

1. ތަރުކާރީ ސެލެޑް
2. ވީހާވެސް ފެހިކުލަ ގަދަ ތަރުކާރީ ފަތް
3. އަލުއްވާ އަލަނޫން ފެނުކައްކާފައިހުންނަ ތަރުކާރީ
4. ތަރުކާރީ ސޫޕް
5. ސޯޑާ ވޯޓަރ
6. ލިނބޯ އަދި ތޮމާޓޯ ފަނި

ކެއިންބުއިމުގައި އަމަލުތައް ބަހައްޓަންވީގޮތް:

1. ރިފައިން ކޮށްފައިހުންނަ ތެއު ނޫން އެހެން ބާވަތެއްގެ ތެލެއް ކެއްކުމަށް ބޭނުން ނުކުރާށެވެ. ހުއްދަި ދެވިފައިވާ މިންވަރަކީ ދުވާލަކު 4 ނޫނީ 5 ސަމުސާ ތެއު
2. ކިރާއި ކިރުގެ ބާވަތްތައް ބޭނުންކުރާނަމަ 300 އެމް އެލް އަށްވުރެ ގިނައިން ބޭނުން ނުކުރާށެވެ.
3. މަހުގެ ބާވަތްތައް ކާން ބޭނުންނަމަ ކުކުޅާއި ކަނޑުމަސް ބޭނުން ކުރާށެވެ. އެވެސް ދުވާލަކު އެންމެ ގިނަވެގެން 50 ނުވަތަ 75 ގުރާމެވެ. ދުވާލެއްގެ މައްޗަށް ދެބިހުގެ ހުދުކަނި ކެވިދާނެއެވެ.
4. ހަށިގައނޑޫގައި ފައިބަރުގެ ބައި މަތިކުރުމަށް ގޮދަނުގެ ބާވަތްތައް ވީހާވެސް ގިނައިްނ ކެއުމުގައި ބޭނުންކުރާށެވެ.
5. ހަކުރު، މާމުއި، ޖެލީ، ޖޭމް އަދި މެޓާފަދަ ހަކުރު ގިނައަދަދަކަށް އެކުލެވޭ ބާވަތްތައް ކެއިން ބުއިމުގައި ވީހާވެސް މަދުކުރާށެވެ.
6. ކައުމުގފައި މަދު މިންވަރަކަށް ލޮނު ބޭނުން ކުރުން ރަނގަޅެވެ. އެގޮތުން ތައްޔާރުކުރާ ކާނާގެ ތެރެއަށް ރަހަލާވަރަސް ލޮނުއަޅައިގެން ކައްކާށެވެ. އަދި ހަމައެހެންމެ ގިނައަދަދަކަށް ލޮނު ހިމެނޭ ބާވަތްތައް ކަމައްވާ، ޗިޕްސް، އަސާރަ، ލޮނުލީ ބިސްކޯދު، ސޯސް، އަދި ދަޅުގައި ބަންދުކޮއްފައި ހުންނަ ތަފާތު އެކި ލުއިކާނާއާ ދުރުހެލިވާށެވެ.

— އަދި ނުނިމޭ —