މަގޭހިތުގެ ޝަކުވާ…

25 އޮކްޓޫބަރު 2010
ލިޔުނީ އަހުމަދު އަރީފް


ކަލާ އަހަންނަށް އުފާ ދިނެވެ.

އަދި އެ އުފާތައް ނިގުޅައިގަތެވެ.

ކަލާ ހުވާތަކެއް ކުރީމުތާއެވެ.

އެކަމަކު މިއަދު އެކަން ހަނދާން ނެތުނީ ހެއްޔެވެ.

ކަލާ އަހަރެންގެ މޭގެ ރިހުން ފިލުވާ ދިނީމުއެވެ.

އެކަމަކު މިއަދު އެ މޭގައި ހުޅު ރޯކުރީއެވެ.

ލޯބިން އަހަރެން ބޭނުންވެޔޭ ބުނީމެއް ނޫންހެއްޔެވެ.

އެކަމަކު މިއަދު ތި ރޮއްވާލީއެވެ.

ކަލާ އަހަންނަށް ލޯބިން ލަވަ ކިޔައިދިނީމުއެވެ.

އެކަމަކު މިއަދު އަހަރެން ގަޔާ ދުރުކޮށް ވިއްސާތިލީ ކީއްވެހެއްޔެވެ؟

މިއަދު އަހަރެން ދީވާނަވެ، ބޭޒާރުވެއްޖެއެވެ.

އަޅާގެ މިހާލަށް ނިމުމެއް ނެތީބާ؟

 

ނިމުނީ