ކުލާހުގެ ކުދިންތަކުގެ މެދުގައި ވަރަށް ގަދަޔަށް ވާހަކަދެކެވި އެކި ފަހަރުމަތިން މަޝްވަރާކުރެވި ކުލާސް ދަތުރެއް ދިއުމަށް ނިންމީ ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ޖުލައި ސައްބީހާ ދިމާކޮށް ހޯމަ (26) އަންގާރަ (27) ބަންދުވާތީ ދަތުރު ދިއުމުގެ ބޭނުމުގައި މުދައްރިސުންނާ ވާހަކަދައްކައި އާދީއްތަ (25)ވެސް ބަންދުދުވަހަކަށް ހަދައި އެދުވަހުގެ ގަޑި ފަހުން ނަގާގޮތަށް ހަމަޖެހުނެވެ. އަދި އެގޮތަށް ހުރިހައި ކުދިންވެސް މަރުހަބާކިއެވެ. އެހެން ނަމަވެސް އާދީއްތަ ދުވަސް ބަންދުވެ، ދަތުރު ދާކުދިންގެ ނަންނޯޓު ކުރާ ހިސާބަށް ދިޔައިރު ލިސްޓު ވަރަށް ކުރުކަން ހިތާމަޔާއެކު ފަހަގަ ކުރަމެވެ. އެކި ސަބަބުތަކާހުރެ ދަތުރު ދާކުދިންގެ އަދަދު 24ން 8ށް ބަދަލު ވިއެވެ. އެހެން ނަމަވެސް މި ދަތުރަކީ ދާނެ ދަތުރެއްކަމަށް މާކުރިންވެސް ވަނީ ނިންމިފައެވެ. އެހެންކަމުން އެއަޒުމުގައި ޖުމުލަ 8 ކުދިންނާއެކު ދަތުރު ދާން ނިންމިއެވެ.

އދ.މަހިބަދޫއަށް ދާން ތައްޔާރުވި 8 ކުދިންނާއެކު ދަތުރު ފެށީ ބުރާސްފަތި ދުވަހުގެ ރޭ 12 ޖެހިއިރު ވިލިގިނލި ފެރީ ނައްޓާލާ ސަރަހައްދުންނެވެ. ދަތުރުގެ ފޯރި ވަރަށްވެސް ގަދައެވެ. ދޯނީގެ ޑެގުމަތީގައި 8 ބައިވެރިން ދަތުރުގެ ފުރަތަމ 3 ގަޑިއިރު ލަވަބާޒީގެ ފޯރީގައި މަޖާނަގަމުން ދިޔައެވެ. މަހިބަދޫއަށް ދެވުނި ގާއްގަނޑަކަށް 4 ޖެހިއިރުއެވެ. އިސްތިގުބާލުގައި ‘ނާއި’ގެ މަންމަ އައިސް ހުއްޓެވެ. ދަބަސްތައް ގެއަށް ލައި، ވަރުބަލި ފިލުވާލުމަށްފަހު ނަމާދަށް ދިޔައީއެވެ. އެއަސް ފަހު ދަތުރުގެ ބައިވެރިންނަށް ތައްޔާރުކޮށްފައިވާ ފަތިހުގެ ބުއްތައްޓަސް އިންސާފުކޮށްލީމެވެ. ދެން އޮންނާނީ ދަތުރުގެ ވަރުބަލި ފިލުވުންތާއެވެ. (ނުނިމޭ)

Advertisements