ލޯރަލް ކޭ ހެމިލްޓަން


އެމެރިކާގެ މަޝްހޫރު ލިޔުންތެރި އެއްކަމަށްވާ ލޯރަލް ކޭ ހެމިލްޓަން އަކީ އެއްވެސް ބަހުސެއް ނެތް ގޮތުގައި ކުޅަދާނަ ވާހަކަ ލިޔުން ތެރިއެކެވެ. ބަސްމޮށުން ތެރިއެކެވެ. ހިނގާ ގަލަމުގެ ވެރިކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 19 ފެބްރުއަރީ 1963 ގައި އެމެރިކާގެ އަލްކަނަސަސްއަށެވެ. އެހެންނަމަވެސް ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އިންޑިއާނާގެ ސިމްގައި، އޭނާގެ މާމަ ލޯރާ ގެންޓްރިއާއެކުގައެވެ.

ހެމިލްޓަންގެ ތަޢުލިމީހަޔާތައް ބަލާއިރު އޭނާވަނީ އިންޑިޔާގެ މެރިއަންގެ ކްރިސްޓިއަން ލިބަރަލް އާރޓްސްގެ ކޮލެޖުން އިނގިރޭސި އާއި ބައިލޮޖީއިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައެވެ. ލިބި ލައްވާފައިވާ ތަޢުލީމުގެ ހަރުދަނާކަން ދުލާއި ގަލަމުން އޭނާ ވަނީ އެމެރިކާގެ މަސްހޫރޫ ލިޔުން ތަކުގައި ސާބިތުކޮއްދެއްވާފައެވެ. އެގޮތުުން ހަޔާތުގެ ވަރަށް ކުރީކޮޅު އޭނާވަނީ އެމެރިކާގެ ތަފާތު އެކިއެކި މަޖައްލާތަކަށް އެކިއެކި މައުޟޫތަކަށް ކޮލަމްތައް ލިޔެތައްޔާރު ކުރައްވާފައެވެ. އަދި އެއީ އޭނާ މިހާރު ދެކެމުންދާ ކާމިޔާބީގެ ފެށުން ކަމުގައި ވެގެންދިޔައެވެ.

ނޫސްމަޖައްލާތަކަށް ލިޔުނުކޮލަމްތަކުން އޭނާ ހޯދި ކާމިޔާބީގެ ނަތީޖާއަކަށް ވެގެންދިޔައީ ލިޔުންތެރިކަމުގެ އާ ހަރުފަތްތަކެއް ބިނާކުރެވިގެން ދިއުމެވެ. އެގޮތުން ހެމިލްޓަން އޭނާގެ އެންމެ ފުރަތަމަ ވާހަކަ، 1993 ކާމިޔާބުކަމާއެކު އާންމުންނާހަމަޔަށް ގެނެސްދިނެވެ. ގިލްޓީ ޕްރެޝަރގެ ނަމުން ނަންދެވުނު މިފޮތް ވެގެންދިޔައީ އޭނާ ލިޔަން ފެއްޓި އެނިޓާ ބްލެކް ސީރީސްގެ ފެށުމަށެވެ. މިސީރީސް ވެގެންދިޔައީ މެދުކެނޑުމެއްނެތި އާންމުންނާހަމަޔަށް، ތަފާތު މައުޟޫތަކަށް އެކި ދާއިރާތަކުން އެތައް ފޮތެއް ނެރެދިން ސިރީސްއަކަށެވެ. ހެމިލްޓަންގެ ފާހަގަކޮށްލެވޭ ބައެއް އެހެން މަސައްކަތްތަކަށް ބަލާއިރު ވެމްޕަޔަރ ހަންޓާ، މެރީޖެންޓްރީ ފަދަ ސީރީޒްއަށް ލިޔުނު ފޮތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ހެމިލްޓަންވަނީ އެކިއުމުރުފުރާތަކަށް ކުރުވާހަކަ ފޮތް ތަކާއި ބައެއް ޓީވީ ޗެނަލް ތަކަށް ހެއްވާ މަޖާ ހަބަރުތައް ވެސް ލިޔުއްވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ޖަނަވާރުން ހިމާޔަތް ކުރުމަށް ބާއްވާ ތަފާތު ފޯރަމް ތަކުގައި ބައިވެރިވެ ވަކައާލާތު ކުރަމުންދާ ހެމިލްޓަން އޭނާގެ ލިޔުންތެރިކަމުގެ ދާއިރާގައި ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ އެމެރިކާގެ އެންމެ މަޝްހޫރު ނޫސް، ނިވްޔޯކް ޓައިމްސް މަޖައްލާގައި އާންމުގެ އެންމެ މަގުބޫލު ލިޔުންތެރިޔާގެ މަގާމު ހޯދާފައެވެ. މިމަގާމް އޭނާ ހޯދާފައިވަނީ އެންޓިކާ ބްލެކްސީރީޒަށް ލިޔުނު 19 ފޮތުންނެވެ. މިހާތަނަށް އައިރު މި ސީރީސްގެ 6 މިލިޔަން ކޮޕީ ވަނީ ވިކިފައެވެ. . އަދި އެންމެ ވިޔަފާރި ރަގަޅު ވާހަކައިގެ މަޤާމް އެތައް ފަހަރަކު މި ސީރިސްއަށްވަނީ ލިބިފައެވެ.