މިއީ އަޅުގަނޑު އަޙުމަދު އަރީފްގެ އަމިއްލަ ބްލޮގެކެވެ. ލިޔުންތެރިކަމަކީ އަބަދުވެސް ޝައުގު ހުންނަ ކަމަކަށްވެފައި ލިބޭ ހުސްވަގުތުތަކުގައި ލިޔާ ބައެއް ލިޔުންތައް މިފަދަ ގޮތަކަށް ޝާއިޢުކޮށްލުމަކީ ކުރަން ބޭނުންވާ ކަމަކަށްވާތީ ބްލޮގެއް ހަދަން ޚިޔާލުކުރެވުނީއެވެ. އަދި މިއަދު އެކަން ޙަގީގަތަކަށްވެ ބްލޮގްގެ މަސައްކަތް ކުރިއަށްދާކަމީ އުފަލާ ހިތްހަމަޖެހުމާއެކު ފާހަގަ ކުރާކަމެކެވެ.

ބްލޮގުގައި ލިޔާ ލިޔުންތަކަށް ކިޔުންތެރިން ދެއްވާ ތަނަވަސް ޚިޔާލުފުޅުތަކަށް އަބަދުވެސް ޝުކުރުވެރިވަމެވެ. އަދި ކިޔާ އުފެއްދުންތެރި ފާޑުކިޔުންތަކަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމަކަށް ނޫނީ ނުދެކެމެވެ. އަދި އެފަދަ ފާޑުކިޔުންތަކަށް އަބަދުވެސް އަޅުގަނޑު މަރުޙަބާ ކިޔާކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.

މިއީ އަޅުގަނޑުގެ އަމިއްލަ ބްލޮގްނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ބައެއް ލިޔުންތައް މި ބްލޮގްގައި އަޅުގަނޑު ހިމަނާފައިވާނެއެވެ. ލިޔުމުގެ ބަވަތުން ވީހާވެސް ގިނަ ބަޔަކަށް އެލިޔުން ދައްކާ ފެތުރުމުގެ މަގްޞަދުގައެވެ. އަދި އެފަދަ ލިޔުންތަކުގައި ހަވާލާދީފައިވާނެއެވެ. އެހެން ކަމުން މިދެންނެވި ލިޔުންތައް ފިޔަވައި މި ބްލޮގުގައި ލިޔެފައިވާ ލިޔުންތަކަކީ އަޅުގަނޑުގެ އަމިއްލަ މިލްކެކެވެ.

އަޅުގަނޑާ ކޮންޓެކްޓް ކޮށްލުމަށް:
https://www.facebook.com/shakippe

Ahmed Areef
Asseyri
F.Nilandhoo

Advertisements